1998 ގައި ރިލީޒް ކުރި "ޔާދް ޕިޔާކި އާނެ ލަގޭ" ލަވައިން އުމުރުން 16 އަހަރުގައި ބޮލީވުޑަށް ތައާރަފުވި ރިއާ ސެން ފިލްމަކުން ނުފެންނަތާ ވަނީ ގިނަ އަހަރުތަކެއް ވެފައެވެ.
ރިއާ ފުރަތަމަ ފިލްމެއްގެ ލީޑް ރޯލުން ފެނިގެންދިޔައީ 1999 ވަނަ އަހަރު ބަރާތިރާޖާ ޑައިރެކްޓްކުރި ޓަމިލް ފިލްމެއް ކަމަށްވާ "ތާޖް މަހަލް" އިންނެވެ. އެއަށްފަހު، 2001 ވަނަ އަހަރު ހިންދީ ފިލްމެއް ކަމަށްވާ "މިއުޒިކަލް ޑްރާމާ ޖާންކަރު ބީޓްސް" ގެ ލީޑް ރޯލުން ފެނިގެން ދިޔައެވެ. އަދި، 2003 ވަނަ އަހަރު އަޖޭ ދޭވްގަން އާއިއެކު "ގަޔާމަތް: ސިޓީ އަންޑާ ތްރެޓް" އިން ފެނުނެވެ.
ރިއާ ބުނީ، އޭނާ ކުޅުނު ފިލްމުތަކުގައި އޭނާގެ ކެރެކްޓާ ޖިންސީ ގުޅުންތައް ހިންގާ އަންހެނެއްގެ ގޮތުގައި ގެނެސްފައި ހުރުމުން ވަރަށް އުނދަގޫވި ކަމަށެވެ. އަދި އޭނާ ފިލްމު ކުޅުމާ ދުރުވީ އެ ސަބަބާ ހުރެ ކަމަށްވެސް ބުންޏެވެ.
ރިއާ ބުނީ އޭނާ ކުޅުނު ބައެއް ފިލްމުތަކަށް އާއްމުންގެ ސަޕޯޓް ލިބުނު ނަމަވެސް އެ ފިލްމުތަކުގައި އޭނާ އަދާކުރި ކެރެކްޓާ އާ ދޭތެރޭ އަމިއްލަ ނަފްސު ހިތްހަމަ ނުުޖެހޭ ކަން ވިސްނުނު ކަމަށެވެ. އަދި ފިލްމު ކުޅުމާއި ދުރު އެ ސަބަބާ ހުރެ ކަމަށެވެ.
އުމުރުން 39 އަހަރުގެ ރިއާ ސެން އަކީ ފިލްމީ އާއިލާއަކަށް ނިސްބަތްވާ ތަރިއެކެވެ. އެގޮތުން ރިއާ އަކީ ސުޗިތުރާ ސެން އަށް މާމަ ކިޔާ ކުއްޖެކެވެ. ރިއާ ގެ މަންމަ އަކީ މޫން މޫން ސެން އެވެ. އޭނާގެ ދައްތަ ރައިމާ ސެން ވެސް ވަނީ ފިލްމުތަކުގައި އެކްޓް ކޮށްފައެވެ.