ވިޔަފާރި

ކާޑު ނެގުމުން ނޫނީ ފައިސާ ނުލިބޭ ގޮތަށް ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ބަދަލުކޮށްފި

މަރިޔަމް ޝަހުދާ

1

ބީއެމްއެލްގެ އޭޓީއެމްތަކުން ހިދުމަތް ހޯދުމުގައި ކޭޝް ކާޑު ނެގުމުން ފައިސާ ލިބޭ ގޮތަށް އޭޓީއެމްގެ ހިދުމަތް ބަދަލުކޮށްފި އެވެ.

ބީއެމްއެލް އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި ބަދަލަކީ ކަސްޓަމަރުންގެ ހިޔާލުތަކަށް ބެލުމަށްފަހު ގެނައި ބަދަލެއް ކަމަށެވެ.

އެގޮތުން އޭޓީއެމުން ހޯދާ ހިދުމަތް ފުރިހަމަ ކުރުމަށް ފަހު އެންމެ ފަހު ކަމަކަށް ކާޑު ނަގަން ޖެހުމުން ގިނަ ބަޔަކު ކާޑު ނަގަން ހަނދާން ނެތޭކަން ބީއެމްއެލް އިން ފާހަގަ ކުރެއެވެ. މިކަމުގެ ސަބަބުން ކާޑު ގެއްލުމުގެ މައްސަލަތައް ތަކުރާރުކޮށް ދިމާވާ ކަމަށްވެސް ބީއެމްއެލް އިން ބުނެފައި ވެއެވެ.

ބީއެމްއެލް އިން ބުނީ އޭޓީއެމް އިން ހިދުމަތް ހޯދުމުގައި އަމަލުކުރަން ޖެހޭ ގޮތަށް މި ބަދަލު ގެނައީ މި ތަޖުރިބާތަކުގެ އަލީގައި ކަމަށާއި ކުރިޔަށް އޮތް ތަނުގައި ފައިސާ ލިބޭނީ ކާޑު ނެގުމުން ކަމަށެވެ.

ކުރީން އަމަލުކުރަމުން އަންނަ ގޮތުން ނަމަ، ކަސްޓަމަރަށް އޭނާގެ ކާޑު ނަގަން ފުރުސަތު ދެނީ އެހެން ހުރިހާ މުއާމަލާތެއް ނިމި އެންމެ ފަހު ކަމެއްގެ ގޮތުގަ އެވެ. އެހެން ވުމުން، ފައިސާ ޖަމާކުރަން ދާ މީހުން ނުވަތަ ފައިދާ ނަގަންދާ މީހުންވެސް އެ ބޭނުން ނިމުމުން ކާޑު ނުނަގައި ދިއުން އޮތީ އާންމު ކަމަކަށް ވެފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟