ކުޅިވަރު

ކްރިސްޓަލް ޕެލަސް ބަލިކޮށް ލިވަޕޫލުން ލީގު ހޯދުމާއި ގާތަށް

އައިދާ އަބްދުލް ހަކީމް

އިނގެރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް 4-0ގެ ނަތީޖާއަކުން ބަލިކޮށް ލީގު ހޯދުމާއި ގާތަށް ލިވަޕޫލުން އިން ޖެހިލައިފިއެވެ.

ކޮވިޑް 19 އާ ގުޅިގެން މާޗް މަހު ލީގް މެދުކަނޑަލާމުގެ ކުރިންވެސް ލިވަޕޫލް އޮތީ ލީގް ހޯދުމާ ހަ ޕޮއިންޓް ކައިރީގަ އެވެ. މިހާރު ތާވަލް އޮތްގޮތަށް ބަލާއިރު މާދަމާރޭ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބައްދަލު ކުރާމެޗުން ޔުނައިޓެޑް ބަލިވެއްޖެނަމަ ލިވަޕޫލަށް ލީގު ލިބޭނެއެވެ.

މިއަހަރުގެ ލީގާ ގުޅޭގޮތުން ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނެފައިވަނީ މިހާތަނަށް ކުރިމަތި ވި އެންމެ އުނދަގޫ ސީޒަންގައި ލީގު ހޯދުމާ ގާތަށް އާދެވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ގަބޫލު ކުރާކަމަށެވެ.

ރޭގެ މެޗް ލިވަޕޫލިން ޑޮމިނޭޓް ކޮށްގެން ކުޅުނުއިރު މުޅި މެޗްގައި ކަހަލަގޮތަކަށް ބޯޅަ އޮތީ ކްރިސްޓަލް ޕެލަސްގެ ހާފުގައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ލިވަޕޫލުން ފުރަތަމަ ހާފްގެ ކުޅުން ނިންމާލީ 2-0 ގެ ނަތީޖާ އަކުންނެވެ. ލިވަޕޫލުން ޖެހި ފުރަތަމަ ލަނޑު މެޗްގެ 23 ވަނަ މިނެޓުގައި ލިބުނު ފްރީކިކެއް ގޯލަށް ވައްދާލައިގެން ލިވަޕޫލްއަށް މެޗްގެ ލީޑް ނަގައިދިނީ ޓްރެޓް އެލެގްޒްރެންޑާ އާނޯލްޑް އެވެ. ލިވަޕޫލްގެ ދެވަނަ ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 44 ހަތަރުވަނަ މިނެޓުގައި ފަބިނޯ ތަނަވަސްކޮށްދިން ފުރުސަތަކުން އެޓީމުގެ ތަރި މިސްރުގެ މުހައްމަދު ސަލާހް އެވެ.

ދެވަނަ ހާފް ފެށިގެން މާގިނަ އިރެއްނުވެ އެންޑްރޫ ރޮބާޓްސަންގެ އެހީތެރިކަމާ އެކު ދެވަނަ ލަނޑުޖެހުމުގައި އެހީތެރިވީ ފަބިނޯ އެވެ. ލިވަޕޫލުގެ ފަހު ލަނޑު މެޗްގެ 69 ވަނަ މިނެޓުގެ ތެރޭ އެޓީމަށް ކާމިޔާބު ކޮށްދިނީ ސާޑިއޯ މާނޭއެވެ. އެގޯލް ޖެހުމުގައި އޭނާ އަށް އެހީތެރި ވެދިނީ ސަލާހް އެވެ.

ލީގުގައި މިރޭ 00:15 ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރާ މެޗުން ނިކުންނަ ނަތީޖާ އަކުން ލިވަޕޫލް އަށް ލީގު ޗެޕްލިއަންކަން ކަށަވަރުވެގެންދާނެއެވެ.