ޕީޕީއެމް

މޫސަގެ އިސްތިއުފާ ސިޓީ ލިބިއްޖެ، ޚިދުމަތަށް ޝުކުރިއްޔާ: ޕީޕީއެމް

ޕީޕީއެމްގެ މެންބަރުން ކަމުން ވަކިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ހުށަހަޅުއްވި ސިޓީ ދާދި ދެންމެ ލިބިވަޑައިގެންފައިވާ ކަމަށާއި އެދިވަޑައިގެންފައިވާ ގޮތުގެ މަތީން ޕާޓީގެ މެންބަރުކަމުން ވަކިކޮށްދެއްވާނެ ކަމަށް ޕީޕީއެމް އިން ބުނެ އެވެ.

"ވަން އޮންލައިން" އަށް ދާދި ދެންމެ ދެއްވި އިންޓަވިއުއެއްގައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވީ މޫސަ އަކީ މިހާރު ވެސް ރައްޔިތުންގެ މަޖިލީހުގައި ޚިދުމަތްތެރި ބޭފުޅެއް ކަމަށާއި އޭނާގެ މަސައްކަތަށް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"މޫސަ ވަނީ ޕީޕީއެމް އަށް ވެސް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައި. އެކަމަށް ޓަކައި އަޅުގަނޑުމެން މޫސައަށް ޝުކުރު އަދާކުރަން." މުންދު ވިދާޅުވި އެވެ.