މުނިފޫހިފިލުވުން

މަޝްހޫރު ތަރިޔަކާ ގުޅުމެއް ނެތުމުން އެކްޓަރަކަށް ވެވޭނެ ކަމަކަށް ހީއެއް ނުކުރަން: ސިދާތު

އީމާ މުހައްމަދު ވަހީދު

ކަރަން ޖޯހަރުގެ ސްޓޫޑެންޓް އޮފް ދަ އިޔާއިން ބޮލީވުޑަށް ތައާރަފުވި ސިދާތު މަލޯތުރާ ވެސް އިންޑަސްޓްރީ ތެރޭގައި ނެޕްޓިޒަމް އޮތް މިންވަރާ ގުޅޭގޮތުން ވާހަކަ ދައްކައިފި އެވެ.

ސިދާތު ބުނީ އޭނާއާ ބޮލީވުޑްގެ މަޝްހޫރު އެއްވެސް ތަރިޔަކާ ކުރީން ގުޅުން ނެތުމުން އެކްޓަރަކަށް ވެވޭނެ ކަމަށް ހީނުކުރާ ކަމަށެވެ. ސިދާތު ބުނީ އޭނާގެ މައިންބަފައިން އެއްވެސް އިރެއްގައި އޭނާ ތަރުބިއްޔަތު ކުރީ މޮޅު އެކްޓަރަކަށް ވާން ނޫން ކަމަށެވެ. މައިންބަފައިން އޭނާ ތަރުބިއްޔަތު ކުރީ ހިތްހެޔޮ ރަނގަޅު އިންސާނަކަށް ވުމަށް ކަމަށްވެސް ސިދާތު ބުންޏެވެ.

ސިދާތު އެންމެ ފަހުން ފެނިފައިވަނީ ތާރާ ސުތާރިއާ އާއިއެކީ މަރުޖާވާން އިންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ކިއަރާ އަދްވާނީ އާއި އެކު ޝާހުޝާ އިންނެވެ. ޝުޝާންތު ސިންގް ރާޖުޕުތު އަމިއްލައަށް ދަން ޖެހިގެން މަރުވުމާ ގުޅިގެން ބޮލީވުޑް ތެރޭގައި ނެޕްޓިޒަމް އޮތް މިންވަރާއި ގުޅޭ ގޮތުން ދަނީ ހޫނު ބަހުސްތައް ކުރެވެމުންނެވެ.