ކުޅިވަރު

މިނިސްޓަރު މަހްލޫފު ހުވަދޫ ބަހުން: ވާދޫ ޒުވާނުން އެދުނެ ގޮތަށް ފުޓްސަލް ދަނޑު މަސައްކަތެ ނިމީގެ: މަހްލޫފް

އައިދާ އަބްދުލް ހަކީމް

1

ގދ. ވާދޫގެ ޒުވާނުން އެދުނު ގޮތަށް އެރަށުގައި ޔޫތު މިނިސްޓްރީން ހެދި ފުޓްސަލް ދަނޑުގެ މަސައްކަތް ނިމިފައިވާ ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ހުވަދޫން ބަހުން މިނިސްޓަރު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެރަށުގެ އަމިއްލަ ޖަމިއްޔާ އެއް ކަމަށްވާ ހުވަދޫ އެސޯސިއޭޝަން ފޯ ޓޫރިޒަމް(ހަޓް) ޖަމިއްޔާއާ އެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި ސްކޭޓް ޕާކަކާއި، ސްޓްރީޓް ސޮކާ އަދި ބާސްކެޓް ކޯޓެއް އެޅުމަށް އެމިނިސްޓްރީން އެހީވެދިނުމަށް ނިންމާފައިވާ ކަމަށެވެ. މަހްލޫފް ވަނީ ވާދޫ ކައުންސިލާއި އެރަށުގެ ޒުވާނުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

ހުވަދޫބަހުން މިނިސްޓަރު މަހުލޫފު ކުރެއްވި ޓްވީޓް ---

މިކަމާ ގުޅޭގޮތުން އެޖަމިއްޔާއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެޖަމިއްޔާގެ ފަރާތުން ހުށަހެޅި ސްކޭޓްޕާކް، މަލްޓިޕާޕަސް ޕިޗް ތަރައްގީ ކުރުމަށް އެހީ ވުމަށް ނިންމި ނިންމުމަކީ ޒުވާނުން ކުރިއެރުވުމަށް މިނިސްޓަރު މަހްލޫފު އަހައްމިއްޔަތުކަން ދެއްވާކަމުގެ ލާމަސީލު މިސާލެއް ކަމުގައެވެ. އަދި އެކަމަށްޓަކައި މިނިސްޓަރަށް އެޖަމިއްޔާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟