ސީރިސް ލޫސިފާ ގެ 5 ވަނަ ސީޒަން ނެޓްފްލިކަސްގައި ޕްރިމައާ ކުރާނެ ތާރީހެއްގެ އިންތިޒާރުގައި އެތައް ބަޔަކު އެބަތިއްބެވެ. މިހާރު މިވަނީ އިންތިޒާރަށް ފޮނި ނިމުމެއް އަންނަން އުޅޭ ކަމުގެ ފެހި ސިގްނަލެއް ލިބފައެވެ. އެގޮތުން މިއަންނަ އޯގަސްޓް މަހުގެ 21 ވަނަ ދުވަހު ލޫސިފާ ގެ 5 ވަނަ ސީޒަން ނެޓްފްލިކްސްގައި ޕްރީމިއާ ކުރާ ހަބަރު ވީ އެތައް ބަޔަކަށް ވަރަށް އުފާވެރި ހަބަރަކަށެވެ.
ލޫސިފާ ގެ ޝޯރަނާ އިލްޑީ މޮޑްރޮވިޗް ކުރި ޓްވީޓެއްގައި ބުނީ، ލޫސިފާގެ ނެޓްފްލިކްސް ޓީމު މަތިން ވަރަށް ހަނދާން ވާ ކަމަށާއި ވަރަށް އަވަހަށް ބައްދަލުކުރާނެ ކަމަށެވެ.
ލޫސިފާ ސީރީޒްގެ އޮފިޝަލް ޓުވީޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ސީޒަން 5 ގެ ފުރަތަމަ ބައި މިއަންނަ އޯގަސްޓް މަހުގެ 21 ވަނަ ދުވަހު ނެޓްފްލިކްސްގައި ޕްރިމިއާ ކުރާނެ ކަމަށެވެ. މީގެ އިތުރުން އެ ޓުވީޓާ އެކު ވަނީ ސީރީޒްގެ ޓްރެއިލާ ވީޑިއޯވެސް ހިއްސާކޮށްފައެވެ.