ވިޔަފާރި

ސަބްސްކްރިޕްޝަން ފީއަކާ ނުލައި ދިރާގު ކަސްޓަމަރުންނަށް ބޭނުންކުރެވޭ ގޮތަށް ސްޓްރިންގް ރޭ އެޕް ތައާރަފުކޮށްފި

މަރިޔަމް ޝަހުދާ

ސަބްސްކްރިޕްޝަން ފީއަކާ ނުލައިދިރާގު ކަސްޓަމަރުންނަށް ބޭނުންކުރެވޭ ގޮތަށް އެ ކުންފުނިން ސްޓްރިންގް ރޭ މިއުޒިކް އެޕް ތައާރަފުކޮށްފިއެވެ.

ސްޓްރިންގް ރޭ އެޕަކީ މޮބައިލް މިއުޒިކް ސްޓްރީމިން އެޕްލިކޭޝަނެކެވެ. އަދި މި އެޕްލިކޭޝަނަކީ ތަފާތު ގިނަ ޕްލޭ ލިސްޓުތައް ހިމެނޭ ދުނިޔޭގެ ފެންވަރުގައި މަޝްހޫރު އެތައް ބައިވަރު އާޓިސްޓުންގެ މިއުޒިކު ހިލޭ ސްޓްރީމް ކުރެވޭ އެޕްލިކޭޝަނެއް ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

އެގޮތުން ދުނިޔޭގެ ޓޮޕް ޗާޓުގައި ހިމެނޭ 40 ލަވަ ކޮންމެ ހަފުތާއަކު މި އެޕްލިކޭޝަނަށް އަޕްޑޭޓުވާނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. އަދި ތަފާތު އެކި ޖޯންރާތަކުގެ މިއުޒިކާއި، އެކި ޒަމާނުގެ ލަވަތައް ހިމެނޭ ޕްލޭ ލިސްޓުތައް މި އެޕްލިކޭޝަނުގައި ހިމެނޭ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

ދިރާގުން ވަނީ ކޮންމެ މޫޑަކަށް އަދި ކޮންމެ ކަމަކަށް އެކަށީގެންވާ ޕްލޭލިސްޓެއް މި އެޕްލިކޭޝަން މެދުވެރިކޮށް އަޑުއަހާލެވޭނެ ކަމަށް ބުނެފައެވެ.