އެމްޓީޑީ

އެމްޓީޑީ އުފެއްދުމަށް ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީއިން ދީފި

ޝަހީދާ އަބްދުﷲ ސައީދު

މޯލްޑިވްސް ތާޑްވޭ ޑެމޮކްރެޓްސް ޕާޓީ (އެމްޓީޑީ) އުފެއްދުމަށް އާއްމު ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

އެމްޓީޑީ އުފެއްދުމަށްޓަކައި ބާއްވާ ފުރަތަމަ ޖަލްސާ ބޭއްވުމަށް މިއަދު އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިންއިރު، އިއްޔެ ވަނީ އެޕާޓީ ރަޖިސްޓްރީ ކުރުމަށް 3333 މީހުންގެ ސޮއި ހުށަހަޅާފައެވެ. އެމްޓީޑީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް ހުއްދަ ދިން ނަމަވެސް އެޕާޓީގެ ޖަލްސާ ބާއްވާނެ ތާރީހެއް އަދި ހާމައެއް ނުކުރެއެވެ.

އެމްޓީޑީގެ ނަމުގައި ސިޔާސީ ޕާޓީ ހިންގުމުގެ މަސައްކަތް ކުރުމަށް އިލެކްޝަނުން ހުއްދަ ދީފައިވަނީ ނޮވެމްބަރު މަހު 29ގައެވެ.

ސިޔާސީ ޕާޓީގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި މިހާރުވެސް ސިޔާސީ ހަ ޕާޓީއެއް ވަނީ ރަޖިސްޓްރީކޮށްފައެވެ. އެއީ އެމްޑީޕީ، ޕީޕީއެމް، ޖޭޕީ، އަދާލަތު ޕާޓީ، ޑީއާރުޕީ އަދި އެމްޑީއޭ އެވެ.