އެޕަލްގެ އޯސް ތަކުގެ އާ އަޕްޑޭޓްތައް ދައްކައިލުމަށް ވާޗުއަލްކޮށް ބޭއްވި ވޯލްޑް ވައިޑް ޑިވޮލޮޕާސް ކޮންފަރެންސް ގައި އެޕަލް އައިޕެޑްގެ އޯއެސް 14 ގެ އާފީޗާސްތައް ރޭ ވަނީ ދައްކައިލައިފަ އެވެ.
އައިޕެޑް އޯއެސް 14ގެ އާ ފީޗާތަކަށް ބަލާއިރު އައިއޯއެސް 14 އަށް އިތުރުކޮށްފައިވާ ވިޖެޓްސް ވެސް ވަނީ އައިޕެޑް އޯއެސް 14 ގައި ހިމަނައިފައެވެ. އައިޕެޑްގެ ހޯމް ސްކްރީނުގައި ބޭނުންވާ އެޕްތަކުގެ އިތުރުން ސިރި ވެސް ދެން ފެންނާނީ ވިޖެޓްސްގެ ތެރެއިންނެވެ.
އައިޕެޑް އޯއެސް 14ގެ އަޕްޑޭޓާއެކު އެޕްތަކަށް އެކްސެސް ވުމާއި ސާޗް ކުރުމަށް އިތުރު ފަސޭހަތަކެއް ވާނެއެވެ. އެގޮތުން އައިޕެޑް އޯއެސް 14ގައި ފޮޓޯ އޯގަނައިޒް ކުރުމާއި ނެވިގޭޓް ކުރުމުގައި އިތުރު ފުރިހަމަކަމެއް ވަނީ ގެނެސްފައެވެ.
އައިޕެޑް އޯއެސް 14ގައި އައިޕެޑަށް ވަނީ ޔުނިވާސަލް ސާޗް ފީޗާއެއް ހިމަނައިފައެވެ. މި ފީޗާއިން އެޕްތައް ލޯންޗުކުރުމުގެ އިތުރުން އެޕްތަކުގެ ތެރެއިންވެސް ސާޗް ކުރެވޭނެއެވެ. އަދި ބޭނުންވާ ޑޮކިއުމެންޓްތަކާއި އިންޓަނެޓް ސާޗް ވެސް ކޮށްލެވެއެވެ.
އައިޕެޑްގެ އެޕަލް ޕެންސިލް އަށްވެސް ވަނީ އާ ފުރިހަމަކަމެއް ގެނެސްފައެވެ. އެގޮތުން އެޕަލް ޕެންސިލް ބޭނުންކޮށްގެން ލިޔުމަށްފަހު ޓެކްސްޓުގެ ގޮތުގައި ބަދަލު ކޮށްލެވެއެވެ. އަދި މީގެ އިތުރުން އެޕަލް ޕެންސިލް ބޭނުންކޮށް ކުރެހުމަށްވެސް އިތުރު ފުރިހަމަކަމެއް ވަނީ ގެނެސްފައެވެ.