މުނިފޫހިފިލުވުން

އަލީ ސުލައިމާން އީޓް ޑޮޓް އެމްވީ ގެ އިޝްތިހާރުގައި ސްޕައިޑަމޭންގެ ރޯލުން

މުހައްމަދު އައުޒަމް

1

އިޝްތިހާރު އުފެއްދުމުގައި ދުވަހަކަށްވުރެ ދުވަހެއް ދިވެހީން އަންނަނީ ކުރި އަރަމުންނެވެ. ކޮލިޓީވަމުންނެވެ. ކޮންމެ ބަޔަކުވެސް ބޭނުންވަނީ ތަފާތު އަދި ބެލުންތެރިންގެ މެދުގައި ޝައުގުވެރި އިޝްތިހާރެއް ހެދުމަށެވެ.

އީޓް ޑޮޓް އެމްވީ އިންވެސް މިވަނީ އެމީހުންގެ ފުރަތަމަ އިޝްތިހާރު ދައްކައިލައިފައެވެ. މީސް މީޑިއާގައި މިިހާރު ވައިރަލްވަމުން އަންނަ އިޝްތިހާރުގެ މެއިން ރޯލުން ފެންނަނީ މަޝްހޫރު ޕްރެސެންޓަރު، ޓީވީއެމްގެ އަތޮޅު ބިއުރޯގެ ޚަބަރުތަކުން މަޝްހޫރުކަން ހޯދައިފައިވާ އަލީ ސުލައިމާނެވެ.

ސްޕައިޑަރމޭންގެ ކެރެކްޓަރ އިން އަލީ ސުލައިމާން ފެނިގެން ދާއިރު ތަފާތު މޮޅެތި ގޮތްގޮތަށް ބުރުއަޅަމުން މާލޭގެ އެކި ސަރަހައްދުތަކުން ގޮސް އީޓް ޑޮޓް އިމްވީ އިން މީހަކު އޯޑަރު ކުރި ސާމާނު ޑެލިވަރީ ކުރަނީ ސްޕައިޑަރމޭން ކޮސްޓިއުމްގައި ހުންނަ އަލީ ސުލައިމާން އެވެ. އިޝްތިހާރުގެ ފަހު ސީންގައި ތިއީ ކާކުހޭ އަހައިލުމުން ސްޕައިޑަރމޭންގެ މާސްކު ނައްޓައިލުމުން ފެންނަނީ އަލީ ސުލައިމާން އެވެ. އަދި "އަލީ ސުލައިމާން އީޓް ޑޮޓް އެމްވީ"އޭ އޭނާ ބުނެލައެވެ.

މީސް މީޑިއާގައި ވައިރަލްވަމުން އަންނަ އީޓް ޑޮޓް އެމްވީގެ އިޝްތިހާރު ފެނުމުން އެނގިގެންދަނީ ދިވެހިންނަށް ވެސް ތަފާތު އިޝްތިހާރު ހެދޭނެ ކަމެވެ.

މިއިޝްތިހާރު ތަފާތު ވަނީ އަލީ ސުލައިމާންގެ ކުއްލި ފެނިލުމުންނެވެ. ވަން އޮންލައިނާ ވާހަކަދައްކަމުން އަލީ ސުލައިމާން ބުނީ ދާދިފަހުން މީސް މީޑިއާގައި ވައިރަލް ވެގެންދިޔަ ސްޕައިޑަރމޭން ފިލްމުގެ މަންޒަރަކަށް އޭނާގެ އަޑު ޑަބްކޮށްގެން ހަދާފައިވާ ކްލިޕްގެ ސަބަބުން އީޓް ޑޮޓް އެމްވީ އިޝްތިހާރުގައި ވެސް ސްޕައިޑަރމޭންގެ ކެރެކްޓަރ ފެނިގެން ދާތީ ތަފާތުކޮށްލުމުގެ ބޭނުމުގައި އަލީ ސުލައިމާން ފެނިގެން ދިޔައީ ކަމަށެވެ.

އީޓް ޑޮޓް އެމްވީ އަކީ ރާއްޖެއަށް އަލަށް ތައާރަފްވާ އޮންލައިން ގްރޮސަރީ ޕްލެޓްފޯމެކެވެ. ރާއްޖޭގެ ބޮޑެތި ސުޕަމާކެޓް ތަކުގެ މުދާ އޮންލައިންކޮށް ގަނެވޭ މިވެބްސައިޓް ލޯންޗް ކުރަން ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟