މުނިފޫހިފިލުވުން

އެންޖެލީނާ ޖޯލީ ފިރިމީހާ ކައިރިން ވަރިވި ސަބަބު ހިއްސާކޮށްފި

1

12 އަހަރު ކައިވެނި ކޮށްގެން އުޅުމަށްފަހު ފިރިމީހާ ބްރެޑް ޕިޓް ކައިރިން ވަރިވި ސަބަބު އެންޖެލީނާ ޖޯލީ ހިއްސާކޮށްފިއެވެ.

ވޮގު އިންޑިއާއަށް ދިން އިންޓަވިއުއެއްގައި އެންޖެލީނާ ޖޯލީ ބުނީ، ފިރިމީހާ ކައިރިން ވަރިވީ އޭނާގެ 6 ދަރިންގެ ފައިދާއަށް ވިސްނާފައި ކަމަށެވެ. އެގޮތުން ވަރިވުމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

އެންޖެލީނާ ބުނީ، އޭނާ އަންނަނީ އެކަމުން އަރައިގަންނަމުން ކަމަށާއި ބައެއް މީހުން އޭނާގެ ހަނުހުރުމުގެ ނާޖާއިޒު ފައިދާ ނެގި ކަމަށެވެ. މީޑިއާތަކުގައި ދަރިންނާ ބެހޭ ގޮތުން އެކި ކަހަލަ ވާހަކަތައް ފެތުރިކަން ފާހަގަކުރަމުން އެންޖެލީނާ ބުނީ، ދަރިން ގާތު އެކުދިންނަށް އެކުދިންގެ ހަގީގަތް އެނގޭނެކަން ހަނދާން ކޮށްދިން ކަމަށެވެ.

އެޑަޕްޓް ކުރުމާއި ޔަތީމު ވުމަކީ ވަރަށް ޕޮޒިޓިވް ބަސްތަކެއް ކަން ފާހަގަކުރަމުން އެންޖެލީނާ ބުނީ، 6 ދަރިންނަކީވެސް ވަރަށް ހިތްވަރު ގަދަ ކުދިން ކަމަށެވެ.

އެންޖެލީނާގެ 6 ދަރިންނަކީވެސް އެޑަޕްޓްކޮށްފައިވާ ކުދިންނެވެ. އެކަމާ ގުޅޭގޮތުން އޭނާ ބުނީ، ބަނޑުބޮޑުވުމުން ކުރެވޭ އިހްސާސް އޭނާއަށް ނޭނގުނުނަމަވެސް ކުއްޖަކު އެޑަޕްޓް ކޮށް އެކުއްޖާގެ ލޮލުން އެފަންނަ ވިދުވަރަކީ ހިތަށް ވަރަށް ހަމަޖެހުން ގެނެސްދޭ ކަމެއް ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟