މަޖިލީހުގެ ރައީސް

ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް މަރު ކޮމިޝަނަށް ފުރިހަމަޔަށް ބެލިފައެއް ނެތް: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

1

ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަަލަތައް ތަހުގީގު ކުރުމަށް ރައިީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި މަރު ކޮމިޝަނަށް ފުރިހަމައަށް އެމައްސަލަތައް ބެލިފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، އެކޮމިޝަނުން މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި، އެބޭފުޅުންނަށް ދެން އެ މަސައްކަތް ނުކުރެވޭނެ ކަމަށް އެ ސިޓީގައި ބުނެފައިވާ ކަމަށެވެ.

"އެ ކޮމިޝަނުން ދެކޭ ގޮތުގައި އެބޭފުޅުންނަށް ދެން އިތުރު ހެއްކެއް ހޯދެން ނެތްކަމަށް ވަނީ،" ކޮމިޝަނުން މަޖިލީހަށް ފޮނުއްވި ކަމަށް ވިދާޅުވާ ސިޓީއާ ހަވާލާދީ މަޖިލިސް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެކޮމިޓީން އެކުލަވައިލި ރިޕޯޓްގެ ޑްރާފްޓް މަޖިލީިހަށް ލިބުނުއިރު ހުރި މިންވަރަށް ދައުވާ ނުކުރެވުނީ ކީއްވެތޯ، މަޖިލީހުން އަބަދުވެސް ފާހަގަ ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް އެެ ރިޕޯޓް އާއްމު ކުރުމުން ތަހުގީގަށް ހުރަސް އެޅިފައިވާކަމަށް ކޮމިޝަނުން ބުނެފައިވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

"އެބޭފުޅުން އެ ވިދާޅުވަނީ ހަމައެކަނި ވަޅި ޖެހި މީހާއަށޭ ތިމަންނަމެން ދައުވާ ކުރަން މިއުޅެނީ. އެކަން ހިންގައި، އޭގެ އިންތިޒާމާއި، އޭގެ ބައިވެރިންނާއި، އެ ސިއްރު ކުރި މީހުންނާއި، ހަރަދު ކުރި މީހުންނާއި މުޅި ކަމަށް ފުރިހަމަޔަށް އެކޮމިޝަނަށް ބެލިފައެއް ނުވޭ، އެ ކޮމިޝަނުން ވިދާޅުވަނީ ޑްރާފްޓް ކޮޕީ ރިޕޯޓް ނުކުތީމާ ތަހުގީގަށް ހުރަސްއެޅުނީ ކަމަށް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

ނަމެވެސް އެމަނިކުފާނު ވިދާޅުވީ، އެއީ މުއުޖިޒާތެއް ފަދަ ކަމެއް ކަމަށެވެ.

އެހެން ގައުމުތަކުގައި އެފަދަ ކޮމިޝަންތަކުން އިންކުއަރީއެއް ހެދުމާއި، ޖިނާއި ތަހުގީގާއި، ޖިނާއީ ދައުވާ އުފުލުމާ ގުޅުމެއް ނުހުންނަ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. ނަމަވެސް މަރު ކޮމިޝަނުން ތަހުގީގު ކޮށްފައި އޮތް މިންވަރަށްވެސް އެ މައްސަލައިގައި ދައުވާ ކުރެވިގެންދިޔަތަން ނުފެނުނު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއީ އަޅުގަނޑު ދެކޭގޮތުގައި މުއުޖިޒާތެއް ވަރުގެ ކަމެއް، އަޅުގަނޑު ދަންނަ ގައުމުތަކުގައި ކޮމިޝަން އޮފް ނެޝަނަލް އެންކުއަރީއެއް ހެދުމާއި އަދި ގެ ކަންކަން ހާމަ ކުރުމާއި، ޖިނާއީ ތަހުގީގާއި އަދި ޖިނާއި ދައުވާ އުފުލުމަކާ ގުޅުމެއް ނުހުރޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟