ވިޔަފާރި

ދިރާގު ކަސްޓަމަރުންނަށް ޑިސްކައުންޓުތަކާއި ބޫސްޓާތަކުން އިތުރު އެލަވަންސް ދިނުމަށް ނިންމައިފި

މަރިޔަމް ޝަހުދާ

ދިރާގު މޯބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޑިސްކައުންޓުތަކާއި ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓާތަކަށް އިތުރު އެލަވަންސް ދިނުމަށް ދިރާގުން ނިންމައިފިއެވެ.

ދިރާގުން މައުލޫމާތު ދިން ގޮތުގައި ދިރާގުގެ މި ނިންމުމަކީ ކޮވިޑް 19ގެ ސަބަބުން ދިމާވެފައިވާ ހާލަތުގައި "ނިއު ނޯމަލް"ގައި އުޅެން ދަސްކުރަން ޖެހިފައިވާއިރު ކަސްޓަމަރުން އެކަކު އަނެކަކާއި މެދުކެނޑުމެއްނެތި ފަސޭހަކަމާއެކު ގުޅައިދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަކުރުމުގެ ގޮތުން އެ ކުންފުނިން ނިންމައިފައިވާ ނިންމުމެކެވެ.

އެގޮތުން ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުން މިއަދުން ފެށިގެން އަންނަ ޖުލައި މަހު 15ގެ ނިޔަލަށް އެކްޓިވޭޓް ކުރާ ބޫސްޓާތަކަށް %33 އިތުރު އެލަވަންސް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ. އަދި ދިރާގު މޯބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުން އަންނަ މަހުގެ 15ގެ ނިޔަލަށް އެކްޓިވޭޓް ކުރާ ބޫސްޓާތަކުން %30 ޑިސްކައުންޓު ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ވަނީ އެ ކުންފުނިން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދަނީ އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ދިރިއުޅުމަށް ފާގަތިކަން ގެނެސްދީ ޑިޖިޓަލް ރާއްޖެއަކަށް ރާއްޖެ ވާސިލުކުރުމަށް ކަމަށް ބުނެފައެވެ.