މުނިފޫހިފިލުވުން

ލޮކްޑައުންގައި ތިބެގެން މީރާއާއި އެކުވެރިން އެކުގައި ހެދި ފުރަތަމަ ކަވާއިން ހާއްސަ މެސެޖެއް

ކޮވިޑް-19 އާއެކު މާލެ ސަރަހައްދަށް އިއުލާންކުރި ލޮކްޑައުންއާއެކު ގިނަ ބަޔަކު ގޭގައި ބަންދުވިއެވެ. ފޫހިވެގެން އުޅުނު މީހުން ވެސް މަދެއް ނޫނެވެ. ބައެއް މީހުން އާ ކަންތައްތަކެއް ދަސްކުރިއެވެ. އަނެއް ބަޔަކު ހުރި ހުނަރުތައް އިތުރަށް ކުރިއެރުވިއެވެ. ފުރަބަންދާއެކު އެންމެ ބޮޑަށް އަސަރުކުރި އެއްބަޔަކީ ފަންނާނުންނެވެ.

އެއާއެކު ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ އާއި އޭނާގެ އެންމެ ގާތް ބައެއް އެކުވެރިން ވަނީ ލަވައެއްގެ ކަވާއެއްގެ ގޮތުގައި ހާއްސަ މެސެޖެއް ދީފައެވެ. އެމެރިކާގެ ލަވަކިޔުންތެރިޔާ ގެބްރިއޭލް ވިލްސަން ނުވަތަ މިއުޒިކީ ދުނިޔޭގައި މަޝްހޫރު ނަމުންނަމަ "ހާ" ކިޔާފައިވާ "ހާޑް ޕްލޭސް"ގެ އެ ކަވާ ކިޔާފައިވަނީ މީރާ އާއި އޭނާގެ ކޮއްކޮ މަހްރާންއެވެ. ބެކިން ވޯކަލްސްގެ ގޮތުގައި ފެނިގެންދަނީ ނިޝް، އަންޔާ، އިންޝާ އަދި އިންމައެވެ.

ލަވައިގެ ބޭސްގައި އިނާން، ކީބޯޑް ހުސެން (ސެންޓު) ކުޅެފައިވާއިރު ޑްރަމްސްގައި ކުޑޭ އަދި ގިޓާ ކުޅެފައިވަނީ އިންމައެވެ.

މީރާ އާއި އޭނާގެ ރައްޓެހިން ހަދާފައިވާ "ހާޑް ޕްލޭސް"ގެ ކަވާ ---

މީރާ ބުނީ، ހުރިހާ ރައްޓެހިން އެކުގައި ކަވާއެއް ހަދަން ވާހަކަދައްކާތާ ވަރަށް ދުވަސްވެއްޖެ ކަމަށާއި އެންމެ ފަހުން ލޮކްޑައުންއާއެކު އެމަސައްކަތް ފެށުނީ ކަމަށެވެ. އެގޮތުން ލަވައަކީ ކޮއްކޮ މަހުރާންގެ ޗޮއިސްއެއް ކަމަށް މީރާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި، މިލަވަ ކިޔާފައިވަނީ އެންމެން ވެސް ގޭގައި ތިބެގެންނެވެ. މި މަސައްކަތް ހަފްތާއެއްގެ ތެރޭގައި ނިންމާލިއިރު މީރާ ބުނީ، އިތުރު ކަވާތަކެއް ވެސް ވަރަށް އަވަހަށް އިވިގެންދާނެ ކަމަށެވެ. މި ލަވައިން ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ހިންގާ ކެމްޕެއިނަށް ހިތްވަރުދޭ މެސެޖް "ބްލެކް ލައިވްސް މެޓާ" އަދި ޔަމަން ކްރައިސިސްއާ ގުޅޭ މެސެޖެއް ވެސް ދެވޭ ކަމަށް މީރާ ބުންޏެވެ.

މި ލަވަ ގިނަ ބަޔަކަށް ކަމު ގޮސްފައިވާއިރު ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން ވަނީ ފަންނާނުންނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ރާއްޖޭގެ މަޝްހޫރު ދެ ފަންނާނުން ކަމަށްވާ އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) އަދި މުހައްމަދު ތޭރަވާ (ތޭރަ) ވެސް ވަނީ މީރާ މެންގެ ލަވައަށް ތައުރީފުކޮށްފައެވެ.

ހާސް އަކީ ވެސް އެންމެ ބޮޑަށް "ބްލެކް ލައިވްސް މެޓާ" އަށް ވަކާލާތު ކުރަމުން އަންނަ އެއް ފަންނާނެވެ.