މުނިފޫހިފިލުވުން

"ފްރެންޑްސް ރިޔޫނިއަން"ގެ ޝޫޓިން އޮގަސްޓުމަހު ފަށަނީ

މުހައްމަދު އައުޒަމް

"ފްރެންޑްސް ރިޔޫނިއަން"ގެ ޝޫޓިން އޮގަސްޓުމަހު ފަށަން ނިންމައިފިއެވެ.

އެތައް ބަޔަކު އިންތިޒާރު ކުރަމުން އަންނަ "ފްރެންޑްސް ރިޔޫނިއަން"ގެ މައުލޫމާތު އާންމުކުރަމުން ފްރެންޑްސް ޓީވީ ސީރީސް ގެ ކޯފައުންޑަރު މާޓާ ކޯފްމެން ބުނީ ޝޫޓިން ފެށުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމުގައެވެ.

"ފްރެންޑްސް ރިޔޫނިއަން"ގައި ފްރެންޑްސް ޓީވީގެ ސީރީސް ގައި ފެނިގެންދިޔަ ތަރިން ކަމަށްވާ ޖެނިފާ އެނިސްޓަން، ކޯޓެނީ ކޮކްސް، ލިސާ ކުޑޯވް އަދި ޑޭވިޑް ޝްވިމާގެ އިތުރުން މެތިއު ޕެރީ އަދި މެޓް ލެބްލެންކް ވެސް ފެނިގެން ދާނެއެވެ.

މާޓާ ކޯފްމެން ބުނީ ޝޫޓިން ލަސްވާން ދިމާވި މައިގަނޑު ސަބަބަކީ ކޮވިޑް ފެތުރެން ފެށުމުން ކަމަށާއި އެތައްކަމެއް ހުއްޓިފައި ވާ ކަމަށެވެ. އަދި ސްޓޫޑިއޯ ހުޅުވުމުން ޝޫޓިން ފަށާނެކަމަށް ވަނީ ބުނެފައެވެ.

ވާނާ އެންޓަޓައިންމެންޓުން ބުނީ ކުރިހާ ކަމެއް ތައްޔާރުވެފައިވާނަމަ އޮގަސްޓު މަހުގެ މެދުތެރޭ ޝޫޓިން ފެށޭނެކަމަށެވެ. މިފިލްމް ޝޫޓް ކުރުމަށް ހަމަޖެހިފައިވަނީ ވާނާ ބްރޯސްގެ ސްޓޫޑިއޯ ގައެވެ.

މީގެ ކުރިން ވަނީ ފިލްމުގެ ހުރިހާ މަސައްކަތެެއް ނިމި ނޮވެމްބަރުގައި އެޗްބީއޯ އިން ދަންކަން ނިންމައިފައެވެ. ނަމަވެސް ޝޫޓިންގް ލަސްވުމުން އއިތުރު ތާރީހެއް އަދި ދީފައެއް ނުވެއެވެ.