ޕީޕީއެމް

ޕީޕީއެމްއިން އިތުރު 13 ދާއިރާއެއްގެ ޓިކެޓު ދީފި

އަހުމަދު ޖައިޝަން

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވާދަކުރުމަށް އިތުރު 13 ދާއިރާއެއްގެ ޓިކެޓް ޕީޕީއެމް އިން ދީފި އެވެ.

މިއަދު ޕީޕީއެމް ޓިކެޓް ދިން ބޭފުޅުން:

ދިއްދޫ ދާއިރާއަށް މުހައްމަދު ހަސަން

އިހަވަންދޫ ދާއިރާއަށް އަހުމަދު ނަސީރު

ކުޅުދުއްފުށި ދެކުނު ދާއިރާއަށް އަބްދުއްރަހްމާން އިސްމާއީލް

ކޮމަންޑޫ ދާއިރާއަށް އިބްރާހީމް ރަޝީދު

ކަނޑިތީމު ދާއިރާއަށް އަހުމަދު އާރިފް

ތުޅާދޫ ދާއިރާއަށް މުހައްމަދު އަތީފް

ދާންދޫ ދާއިރާއަށް މުހައްމަދު މުއީން

އިސްދޫ ދާއިރާއަށް އިސްމާއީލް ޝަފީއު

މަރަދޫ ދާއިރާއަށް ޝެރީނާ އަބްދުއްސަމަދު

އައްޑޫ މީދޫ ދާއިރާއަށް އަހުމަދު އަސްލަމް

މާފަންނު އުތުރު ދާއިރާއަށް މުހައްމަދު ލައްމާން

މާފަންނު ހުޅަނގު ދާއިރާއަށް އީލާ އަލީ

ހިތަދޫ އުތުރު ދާއިރާއަށް މުހައްމަދު ޖިނާން ޖަލީލް

ޕްރައިމަރީއަކާ ނުލާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް މީގެ ކުރީން ޕީޕީއެމް އިން ވަނީ 18 ބޭފުޅަކަށް ޓިކެޓު ދީފައެވެ.

ޓިކެޓް ދެއްވި ބޭފުޅުން އިއުލާންކުރެއްވުމަށް ބޭއްވި އެ ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އަދި ކުރިއަށް އޮތްތަނުގައިވެސް އިތުރު ދާއިރާތަކަށް ޓިކެޓު ދިނުމަށް ނިންމަވާފައިވާ ކަމަށެވެ.