މުނިފޫހިފިލުވުން

ކަރީނާ ކުޑައިރު ވާން ބޭނުންވީ ލޯޔަރަކަށް

ކަރީނާ ކަޕޫރު ހާން އަކީ ބޮލީވުޑްގައި އެންމެ ކާމިޔާބު އެއް ބަތަލާއެވެ. އޭނާ ފިލްމީ ދާއިރާގައި މަސައްކަތް ކުރާތާ 20 އަހަރު ވެފައިވާއިރު، ކަރީނާ ވަނީ މިހާތަނަށް ވަރަށް މޮޅެތި ފިލްމުތަކެއް ކުޅެފައެވެ.

ކަރީނާ ކުޑައިރު ވާން ބޭނުންވީ ލޯޔަރަކަށެވެ. އެހެންނަމަވެސް، ދައްތަ ކަރިޝްމާ ކަޕޫރު ފިލްމުކުޅޭތަން ފެނުމުން، އޭނާގެ ޝައުގުވެރިކަން އެއްކޮށް ދިޔައީ ފިލްމީ ދާއިރާއަށެވެ. އެގޮތުން ކިޔެވުމުގެ ބަދަލުގައި ކަރީނާ ބޭނުންވީ ކަރިޝްމާއާ އެކީ ފިލްމު ކުޅޭ ސެޓްތަކަށް ގޮސް ހަދާށެވެ.

ފިލްމީ އާއިލާއަކަށް އުފަން ކަރީނާ ކަޕޫރު ކުޑައިރު، ސަލްމާން ހާން އާ އެކު ފިލްމެއް ކުޅެން ވަރަށް ބޭނުންވި ކަމަށްވެސް އޭނާ ވަނީ ސަމިޓެއްގެ ތެރެއިން ބުނެފައެވެ. ކަރީނާ ސައިފް އަލީ ހާން އާ ކައިވެނި ކުރުމަށްފަހު ބަނޑުބޮޑުވެގެން ފިލްމު ކުޅުމާ ދުރުގައި އުޅުމަށް ފަހު އަނެއްކާވެސް މިވަނީ ފިލްމު ކުޅެން ފަށައިފައެވެ.

ކަރީނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ އިނގަރޭސީ މީޑިއަމް އިންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ، ލާލް ސިންގް ޗައްޑާއިންނެވެ. އެ ފިލްމުގައި ކަރީނާއާ އެކީ ފެނިގެންދާނީ އާމިރު ހާން އެވެ. އެ ފިލްމުގެ ޝޫޓިންތައް ވަނީ އިންޑިއާ ލޮކްޑައުން ކުރުމާ ގުޅިގެން މަަޑު ޖައްސާލައިފައެވެ.