ވާދަވެރި ވިޔަފާރިތަކަށް ރައްކާތެރިކަން ލިބިދޭ އެންޓި ޓްރަސްޓް ގާނޫނު އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.
އެންޓި ޓްރަސްޓްގެ ބިލު ޑްރާފްޓްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް މިހާރު ވަނީ އިކޮނޮމިކް މިނިސްޓްރީއިން އިއުލާން ކޮށްފަ އެވެ.
އެ މިނިސްޓްރީއިން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ އެންޓި ޓްރަސްޓް ބިލު އެކުލަވާލުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 25ގެ ކުރީން ޕްރޮޕޯސަލް ހުށަހެޅުމަށެވެ.
އެންޓި ޓްރަސްޓް ގާނޫނުގެ ސަބަބުން ވިޔަފާރިތައް މޮނޮޕޮލައިޒްކުރުމުގެ ފުރުސަތު ކުޑަވެގެން ދާނެއެވެ.
ސަރުކާރު ހިއްސާވާ އާންމު ވިޔަފާރި ކުންފުނިތަކަކީ ގައުމުގެ ކުދި ވިޔަފާރިތައް ހިންގާ ކުންފުނިތަކާ ގުޅުންހުރި ވިޔަފާރިތަކެވެ. ނަތީޖާއެއްގެ ގޮތުން އެފަދަ ވިޔަފާރިތައް ތަރައްގީ ކުރުމުގެ ފުރުސަތު ކުޑަވެގެން ދެއެވެ. އެންޓި ޓްރަސްޓް ގާނޫނުގެ ސަބަބުން ވިޔަފާރިތައް ތަރައްގީ ކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެ އެވެ.