މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް، އެމްޓީޑީގެ ފަރާތުން ފުރަތަމަ 3،333 މެންބަޝިޕް ފޯމް އިލެކްޝަން ކޮމިޝަނަށް ހުށައަޅައިފި އެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި އެމްޓީޑީގެ ފަރާތުން 3،333 މެމްބަރޝިޕް ފޯމު އީސީ އާއި ހަވާލުކޮށްފައިވާއިރު އެމްޓީޑީ ގެ ނަމުގައި ސިޔާސީ ޕާޓީ ހިންގުމުގެ މަސައްކަތް ކުރުމަށް އިލެކްޝަންސް އިން ހުއްދަ ދީފައިވަނީ ނުވެމްބަރ މަހު 29ގައެވެ.
އެމްޓީޑީއަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އިތުރުން ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޔާމީން ރަޝީދުވެސް ވަނީ ސޮއި ކޮށްފަ އެވެ.
މިހާރުވެސް ރާއްޖޭގައި ހަ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރެވިފައިވެއެވެ. އެއީ އެމްޑީޕީ، ޕީޕީއެމް، ޖޭޕީ، އަދާލަތު ޕާޓީ، ޑީއާރުޕީ އަދި އެމްޑީއޭ އެވެ.