ކުޅިވަރު

ފޭދޫ ފުޓުބޯޅަ ދަނޑުގެ ސަބް ބޭސް ހެދުމުގެ މަސައްކަތް އަލުން ފަށައިފި

މަރިޔަމް ޝަހުދާ

ސ. ފޭދޫ ފުޓުބޯޅަ ދަނޑުގެ ސަބް ބޭސް ހެދުމުގެ މަސައްކަތް އަލުން ފަށައިފި ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތް އަލުން ފަށާފައިވަނީ ސްޕޯޓް މިނިސްޓްރީއާއެކު މަޝްވަރާ ކުރުމަށްފަހު، ޕްރޮޖެކްޓާ ބެހޭ ބައެއް މަސައްކަތްތައް ބަދަލު ކުރުމަށް ފަހު ކަމަށެވެ.

މިހާރު މަސައްކަތް އަލުން ފަށާފައިވާއިރު، ފުޓުބޯޅަ ދަނޑުގެ ސަބް ބޭސްގެ ޕްރޮޖެކްޓުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޓީސީސީން ބުނެއެވެ.

ސަބް ބޭސް ހެދުމުގެ އިތުރުން މި ޕްރޮޖެކްޓުގެ ދަށުން ދަނޑު ކައިރީ ހޮޅި ވަޅުލައި، ކާބް ސްޓޯން އަޅައި، ޕޭވްމަންޓު ހެދުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި ޕްރޮޖެކްޓަކީ 2.65 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ފަހުކޮޅުގައެވެ.