އަލީ ޔާމިން
އަންހެންވެރިންގެ ދަބަހާއި، ދެ ޖިންސުގެ ފުޓްވެއާގެ ގިނަ ބްރޭންޑްތަކެއް އެއްތަނަކުން ލިބެން ހުރުމަކީ ޔަގީނުންވެސް ގިނަ ބަޔަކަށް ފަސޭހަ ވާނެ ކަމެކެވެ. ބައެއް ފަހަރު މުޅި މާލެ އަތްފުނާ އަޅައިގެންވެސް ހިތްހަމަޖެހޭ ކަހަލަ އޮފީސް ދަބަހެއް، ނުވަތަ ކެޝުއަލް ދަބަހެއް ނުފެންނަތަން އާދެއެވެ. ހަމަ އެގޮތަށް ފަޔަށް ހެޔޮވަރު، އަދި އަރާހިތްވާކަހަލަ ފައިވާނެއް ނުވަތަ ބޫޓެއްވެސް ނުފެނިދާ ފަހަރު އާދެއެވެ. މިގޮތަށް މިތަކެތި ހޯދުމަށް އެތައް ފިހާރައަކަށް ވަދެ އެތައް އެއްޗެއްގައި އަތްކާތައި ހެޔޮވަރުކުރުމަށް ވުރެ، އެއް ފުރާޅެއްގެ ދަށުން މިފަދަ ތަކެތި ލިބެން ހުރުމަކީ ހައްޓަށްވެސް ލިބިގެންދާނެ ލުޔެކެވެ. އެގޮތުން މި ފަދަ ބޭފުޅުންނަށް ހާއްސަކޮށްގެން މާލޭގައި މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި ހުޅުވި، "ބޭގްސް އެންޑް ސޯލްސް" އަކީ މިއަދު ދިވެހިންގެ މެދުގައި މަގުބޫލު ތަކެނެވެ.
ގ. ކަށިމާ ހިނގުމުގައި ހުންނަ "ބޭގްސް އެންޑް ސޯސްލް" އަކީ ދުނިޔޭގެ މަޝްހޫރު ގިނަ ބްރޭންޑްތަކުގެ ދަބަހާއި، ދެ ޖިންސުގެ ފައިވާނާއި، ބޫޓު އެއްތަނަކުން ލިބޭ ފިހާރައެކެވެ.
ފާއިތުވި އަހަރެއްހައި ދުވަހުގެ ތެރޭގައި މި ފިހާރަޔަށް ވަނީ ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބިފައެވެ. "ބޭގްސް އެންޑް ސޯލްސް"ގެ ފައުންޑަރަކީ މ. ސީނުކަރަންކާގެ އަލް މަހްރޫމް އަބްދުލް ރަޝީދު (އާރްސީސީގެ ފައުންޑަރު)ގެ ދަރިކަނބަލުން މަރިޔަމް ނިއުމާއެވެ. މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި ބޭއްވި ގޯލްޑް 100ގެ ހަފުލާގައި، އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ވަނީ މަރްހޫމް ރަޝީދަށް އަރުވައިފައެވެ.
"ބޭގްސް އެންޑް ސޯލްސް"އިން ލިބެން ހުންނަ ދަބަހުގެ ތެރޭގައި، ބެގިޓް، މެޓްރޯ، ޑީ އެންޑް ސީ، މޮޗީ އަދި އޮލިވްގެ އިތުރުންވެސް އެތައް ބްރޭންޑެއްގެ ދަބަސް ހިމެނެއެވެ.
ފިރިހެނުންނަށް ހާއްސަ ފުޓްވެއާ ބްރޭންޑްތަކުގެ ތެރޭގައި، އަލެން ސޮލީ، ރޯންގް، ފުޓްއިން، ޕޫމާ ފަދަ ބްރޭންޑްތައް ހިމެނެއެވެ. އަންހެނުންނަށް ހާއްސަ ފުޓްވެއާ ބްރޭންޑްތަކުގެ ތެރޭގައި، ރޮބާޓޯ، ޒޫމް، ސޮފްޓްވޯކްސް ފަދަ ދުނިޔޭގެ އެތައް ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ބްރޭންޑްތައް ހިމެނެއެވެ.
ކޮވިޑު ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން "ބޭގްސް އެންޑް ސޯލްސް"އިން ކުރާނީ ހަމައެކަނި ޑެލިވަރީއެވެ. އެގޮތުން އެ ފިހާރައިގެ ފޭސްބުކް ޕޭޖުން ނުވަތަ އިންސްޓަގްރާމް ޕޭޖު މެދުވެރިކޮށް، ބޭނުންވާ އައިޓަމެއްގެ ކޯޑު ބެލުމަށް ފަހު މެސެޖުކުރުމުން ނުވަތަ 7931181 އަށް ވަޓްސްއެޕް ނުވަތަ ވައިބަރު ކުރުމުން އެ ބޭނުންވާ ތަކެތި އޯޑަރު ކުރާ ދުވަހު ޑެލިވަރީ ކޮށްދޭނެއެވެ. އެ ފިހާރައިން މާލޭގެ އިތުރުން ހުޅުމާލެ، ވިލިމާލެއަށްވެސް ޑެލިވަރީ ކޮށްދޭނެވެ. ޑެލިވަރީކުރުމަށް ހުޅުވާލާފައިވަނީ ހެނދުނު 9:00 އިން ރޭގަނޑު 10:00އަށް ކަމަށް އެ ފިހާރައިން ބުނެއެވެ.
ނިއުމާގެ އަމާޒަކީ ލޮކްޑައުން ނިމި އާންމު ހާލަތަށް ރުޖޫއަވުމުން މިހާރު ހުރި ޝޯ ރޫމަށްވުރެ ބޮޑު ޝޯރޫމެއް މާލޭގައި ހުޅުވައި، ބޭގްސް އެންޑް ސޯލްސް"ގެ ވިޔަފާރި ފުޅާކުރުމެވެ.