އިބްރާހިމް ޒަކީ
އެ ސަރުކާރަކާއެކު ކޯލީޝަންގައި އޮންނަ ޕާޓީތަކުގެ ނިސްބަތުން ސަރުކާރުގެ ވައްކަމާ ކޮރަޕްޝަނުގެޒިންމާ އުފުލައި، ހުރިހާ ލީޑަރުންނަށް ހުކުމް އަންނަގޮތަށް ލާޒިމްކުރާ ގާނޫނެއް ހަދަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ހުޅުހެންވޭރު ދާއިރާގެ މަޖިލިސް ގޮޑި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފުރުއްވަމުން ގެންދެވި، މޫސަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޯލިޝަން ސަރުކާރެއްގެ ސިފަތަކުގެ ތެރޭގައި ބައެއް ކަންކަން ފާހަގަ ކޮށް އެކަންކަމަށް ޒިންމާ ކުރުވަން ޤާނޫނެއްހަދަންޖެހޭ ކަމަށެވެ.
އޭގެ ތެރޭގައި ހިދުމަތްނުދެވޭ ކަމުގެޒިންމާ ނެގުމާއި މަޖްލީހުން ގޮނޑިހޯދުމާއި، ސަރުކާރުގެ ވައްކަމާ ކޮރަޕްޝަނުގެޒިންމާ ޕާޓީތަކުގެ ނިސްބަތުންއުފުލާ ހުރިހާ ލީޑަރުންނަށް ހުކުމް އަންނަގޮތަށް ލާޒިމްކުރުން ހިމެނުމަށް މޫސަ ވިދާޅުވިއެވެ.
"ކޯލިޝަން ސަރުކާރެއްގެ ސިފަތަކުގެތެރޭގައި އަންނަނިވި ކަންކަން ޒިންމާ ކުރުވަން ޤާނޫނެއްހަދަންޖެހޭ، ހިދުމަތްނުދެވޭ ކަމުގެޒިންމާ ނެގުން މަޖްލީހުން ގޮނޑިހޯދުން ސަރުކާރުގެ ވައްކަމާ ކޮރަޕްޝަނުގެޒިންމާ ޕާޓީތަކުގެ ނިސްބަތުންއުފުލާ ހުރިހާ ލީޑަރުން ނަށް ހުކުމްއަންނަގޮތަށް ލާޒިމްކުރުން،" މޫސަ ވިދާޅުވިއެވެ.
މޫސަ މިހެން ވިދާޅުވެފައިވާއިރު، މިހާރުއޮތް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ކޯލީޝަން ސަރުކާރެކެވެ.
ސަރުކާރުގެ މައިޕާޓީ އެމްޑީޕީގެ އިތުރުން މި ސަރުކާރުގެ ކޯލީޝަންގައި ދެން ހިމެނެނީ، އަދާލަތު ޕާޓީ އާއި ރައީސް މައުމޫނަށް ނިސްބަތްވެ ވަޑައިގަންނަވާ، އެމްއާރުއެމްގެ އިތުރުން ޖުމްހޫރީ ޕާޓީއެވެ.