ޓެކްނޮލޮޖީ

ސޮނީގެ ޕްލޭ ސްޓޭޝަން 5 ލޯންޗުކޮށްފި

މުހައްމަދު އައުޒަމް

ދިގު އިންތިޒާރެއްގެ ނިމުމަކަށްފަހު ސޮނީގެ ޕްލޭ ސްޓޭޝަން 5 ލޯންޗުކޮށްފިއެވެ.

ޕީއެސް 4 ލޯންޗު ކުރިތާ ހަތް އަހަރު ފަހުން ލޯންޗުކުރި ޕީއެސް 5 މިއަހަރު ފަހުކޮޅު ވިއްކާނެކަމަށް ސޮނީ އިން ވަނީ ބުނެފައެވެ.

އެހެން ގޭމިން ކޮންސޯލްތަކަށް ވުރެން ޓޭކްނޮލޮޖީގެ ގޮތުން މި ޕީއެސް ވަނީ ކުރިއަރާފައެވެ. ގޭމިންގެ ވިޒުއަލްގެ އިތުރުން ގޭމް ލޯޑުވުމަށް ނަގާ ވަގުތު މަދުކުރުމަށް ޕީއެސް 5 ގައި ކަސްޓަމައިޒް ކޮށްފައިވާ ހާޑް ޑްރައިވް އެއް ހުރެއެވެ.

މި ޕީއެސް މިއަހަރު ފަހުކޮޅު ވިއްކަން ފަށާއިރު ކިހާޑިމާންޑެއް އޮންނާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. ސޮނީ އިން ވަނީ ކޮވިޑްގެ ސަބަބުން ޕީއެސް 5 ގެ ސޭލްސް އަށް އަސަރު ކުރާނެކަމަށް ލަފާ ކޮށްފައެވެ.

ސޮނީގެ ޕީއެސް 5 ލޯންޗު ކުރުމަށް ބާއްވަން އުޅުނު ރަސްމިއްޔާތު ކޮވިޑާގުޅިގެން ކެންސަލްކޮށް އެންމެފަހުން ވަނީ ރެކޯޑުކޮށްފައިވާ ވީޑިއޯއެއް ދައްކާފައެވެ. އެ ވީޑިއޯގައި ގޭމްތައްވެސް ވަނީ ދައްކާފައެވެ.

ސޮނީއިން އުފައްދާ ޕްލޭ ސްޓޭޝަން އަކީ ޒުވާނުންގެ މެދުގައި ހާއްސަކޮށް ގޭމިން އަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި މަގުބޫލު ކޮންސޯލެކެވެ. ސޮނީގެ ޕީއެސް4ގެ ވެސް މިހާތަނަށް 108 މިލިއަން ކޮންސޯލް ވިކިފައިވާކަން ސޮނީއިން ވަނީ ފާހަގަ ކޮށްފައެވެ.