މަޖިލީހުގެ ރައީސް

ޖުމްހޫރި ޕާޓީން މަޖިލިސް ޖަލްސާ ބޮއިކޮޓް ކޮށްފައިވާކަން ވަނީ ފާހަގަ ކުރެވިފައި: މަޖިިސް ރައީސް

އިބްރާހިމް ޒަކީ

ސަރުކާރު ކޯލީޝަގައި ހިމެނޭ ޖުމްހޫރީ ޕާޓީން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ބޮއިކޮޓް ކޮށްފައިވާކަން ފާހަގަވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް މިހެން ވިދާޅުވީ، ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ޕާލިމެންޓްރީ ގުރޫޕުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޮއިކޮޓްކޮށްފައި ވަނިކޮށެވެ.

ނަމަވެސް އެއްވެސް ކަމަކާ ގުޅިގެން ޖުމްހޫރީ ޕާޓީން މަޖިލިސް ޖަލްސާ ބޮއިކޮޓް ކުރިކަން އާންމުކޮށްފައެއް ނުވެއެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުގެ ތަޅުމަށާއި މަޖިލީހުގެ ހާޒިރީއަށް ބަލާއިރު، ޖުމްހޫރީ ޕާޓީން ބޮއިކޮޓްގައި ތިބިކަން ފާހަގަވާ ކަމަށެވެ.

"އަޅުގަނޑު ތަޅުމަށް ބަލާލާއިރުގައި މިއަދުގެ ހާޒިރީއަށް ބަލާލާއިރުގައި ޖުމްހޫރީ ޕާޓީ ބޮއިކޮޓް ގައި ތިބިކަމަށް އެބަ ފާހަގަ ވޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.