ގދ.ތިނަދޫ ދެކުނު އަވަށުގެ ފުޓުބޯޅަ ދަނޑުގެ ސަބް ބޭސް ހެދުމުގެ މަސައްކަތް ނިންމާލައިފިއެވެެ.
އެމްޓީސީސީންް މައުލޫމާތުދިން ގޮތުގައި މި މަސައްކަތް ނިންމާފައި ވަނީ އިއްޔެއެވެ.
މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. މި ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ މަސައްކަތް ކޮށްފައިވަނީ އެ މިނިސްޓްރީން ދީފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން މައުލޫމާތުދިން ގޮތުގައި މި މަސައްކަތް ނިންމާފައިވަނީ ކޮވިޑް 19 އާއި ގުޅިގެން ދިމާވި މައްސަލަތައް ހައްލުކޮށް، ހާއްސަ ފިޔަވަޅުތައް އަޅައިގެންނެވެ. އަދި މި މަސައްކަތުގައި ހަރަކާތްތެރިވި ސައިޓް ސުޕަވައިޒަރުންނާއި މަސައްކަތްތެރިންގެ ފަރާތުން މި ޕްރޮޖެކްޓަށް ސަމާލުކަން ދީގެން ކުރި މަސައްކަތަށް އެމްޓީސީސީން ޝުކުރު އަދާކުރެއެވެ.
ޔޫތު މިނިސްޓްރީން ތިނަދޫ ދެކުނު އަވަށުގެ ފުޓުބޯޅަ ދަނޑުގެ ސަބް ބޭސް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.