ބަންގްލަދޭޝް މީހަކު އައްޑޫ ސިޓީ ހިތަދޫ މަގެއްގެ މަތީން ހޮވި އެއްލައްކަ ރުފިޔާ އޭނާ އަމިއްލަޔަށް ފުލުހުންނާ ހަވާލުކޮށްފި އެވެ.
ފުލުހުން ބުނީ ބަންގްލަދޭޝް މީހާ އެ ފައިސާ ހޮވާފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހު ކަމަށާއި ހަމަ އެ ދުވަހު އޭނާ ފައިސާ ހިތަދޫ ޕޮލިސް ސްޓޭޝަނަށް ހަވާލުކޮށްފައިވާ ކަމަށެވެ.
ފުލުހުން މިފައިސާއާ ހަވާލުވެ، ފައިސާގެ ވެރި ފަރާތް ހޯދައި ޖެހިގެން އައި ދުވަހު އެމީހާއާ މި ފައިސާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
ބިދޭސީ މީހާ އަމިއްލަޔަށް ގޮސް މި ފައިސާ ފުލުހުންނާ ހަވާލުކޮށްފައިވާތީ، ފުލުހުން ވަނީ އޭނާއަށް ޝުކުރު އަދާކޮށްފައެވެ.