ޕޮލިސް

ހޯޑެއްދޫގައި ސިރުހު ހަދާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގު ކުރަނީ

އަލީ ޔާމިން

ގދ. ހޯޑެއްދޫގައި ސިހުރު ހަދާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަން "ވަން"އަށް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ހޯޑެއްދޫ ގެޔެއްގެ ވެރިފަރާތުގެ އެއްބާރުލުމާއެކު ބަލައި ފާސްކުރެވިފައިވާ ކަމަށެވެ. ނަމަވެސް ތުހުމަތު ކުރެވޭ މީހާއާ ދެކޮޅަށް އެކަށީގެންވާ ހެކި ލިބިފައި ނުވާތީ އޭނާ ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި ސިހުރު ހަދާކަމަށް ބުނެ ހުށަހަޅާފައިވަނީ އަންހެނެއްގެ މައްސަލައެވެ.

ސިހުރުހާހޫރައިގެ މައްސަލަޔަކީ ރާއްޖޭގައި ޒަމާނުއްސުރެ ބޮޑުވެފައިވާ މައްސަލައެކެވެ. މި ފަހުންވެސް ފުލުހުން ވަނީ ރުގްޔާކުރުމުގެ ނަމުގައި އޮޅުވާލައިގެން މީހުންނަށް ގެއްލުން ދެމުންދާ މީހެއް ހައްޔަރުކޮށް، އެމީހާގެ ޝިކާރައަކަށްވި މީހުން ފުލުހުންނަށް އެންގުމަށް އެދިފައެވެ.