ޓެކްނޮލޮޖީ

ފޭސްބުކް އިން ގޫގުލް ފޮޓޯސް އަށް ވީޑިއޯ އަދި ފޮޓޯ ފޮނުވޭ ހިދުމަތް ހުރިހާ ގައުމުތަކަށް ދޫކޮށްފި

މުހައްމަދު އައުޒަމް

ފޭސްބުކް އިން ގޫގުލް ފޮޓޯސް އަށް ވީޑިއޯ އަދި ފޮޓޯ ފޮނުވޭ ހިދުމަތް ހުރިހާ ގައުމުތަކަށް ދޫކޮށްފިއެވެ.

2018 ވަނަ އަހަރު ފޭސްބުކް އާއި މައިކްރޯސޮފްޓްގެ އިތުރުން ގޫގުލް އަދި ޓްވިޓާ ގުޅިގެން ތައާރަފު ކުރި މި ހިދުމަތް މީގެ ކުރިން ލިބެނީ ދުނިޔޭގެ މަދު ގައުމުތަކަކަށެވެ.

މިހިދުމަތް ބޭނުންކޮށްގެން އެމީހެއްގެ ފޭސްބުކްގައި ހުންނަ ވީޑިއޯ އަދި ފޮޓޯތައް ގޫގުލް ފޮޓޯސް އަށް ޓްރާންސްފާ ކޮށްލެވެއެވެ.

ފޭސްބުކް އިން ބުނީ މިއީ ޑޭޓާ ޓްރާންސްފާ ކުރުމުގައި ފަސޭހަކޮށްދިނުކުގެ ގޮތޮން ދީފައިވާ ހިދުމަތެއް ކަމަށެވެ.

މިހިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކުން އެމީހެއްގެ ފޭސްބުކްގެ ސެޓިން ހުޅުވާލުމަށްފަހު "ޔުއާ ފޭސްބުކް އިންފޮމޭޝަން" އިން "ޓްރާންސްފާ އަ ކޮޕީ އޮފް ޔުއާ ފޮޓޯސް އޯ ވީޑިއޯސް" ސެލެކްޓު ކުރާނީއެވެ. އަދި ފޭސްބުކްގެ ޕާސްވޯޑު ޖެހުމުން ޓްރާންސްފާ ކުރާ ވިންޑޯއަށް ދާނެއެވެ. އެޔަށްފަހު ފޮޓޯތައް ކޮޕީ ކުރުމަށް "ޗޫސް ޑެސްޓިނޭޝަން" އިން ގޫގުލް ފޮޓޯސް ސެލެކްޓު ކުރުމަށްފަހު ގޫގުލް ފޮޓޯސްގެ ޕާސްވޯޑު ޖެހުމާއެކު ޓްރާންސްފާ ވާން ފަށާނެއެވެ.

ފޭސްބުކް އިން ގޫގުލް ފޮޓޯސް އަށް ބޭނުންވާ ޑޭޓާ ޓްރާންސްފާ ވުމާއެކު ނޮޓިފިކޭޝަނެއް އަންނާނެއެވެ.