މަންތާ އެއަރ

މަންތާ އެއާގެ ދެވަނަ ބޯޓު ގެނެސްފި

މުހައްމަދު އައުޒަމް

މަންތާ އެއާގެ ދެވަނަ ބޯޓު ގެނެސްފިއެވެ.

މަންތާގެ އެއާކްރާފްޓް ފްލީޓަށް އިއްޔެ އިތުރުވެގެން ދިޔައީ އޭޓީއާރް ސީރީސްގެ 600-72 މަރުކާގެ ބޯޓެކެވެ.

އިއްޔެ މެންދުރުފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަންތާގެ ދެވަނަ ބޯޓު ގެނައުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މަންތާއެއާގެ އިސް ބޭފުޅުންނާއި މުވައްޒަފުން ބައިވެރިވެފައިވެއެވެ.

މަންތާ އެއާގެ ދެވަނަ ބޯޓު އިއްޔެ ގެނެސްފައިވާއިރު މަންތާގެ ތިންވަނަ ބޯޓު އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ގެނެވޭނެ ކަމަށް މަންތާއިން މައުލޫމާތު ދެއެވެ.

މަންތާ އެއާގެ ސީޕްލޭން އޮޕަރޭޝަން ވެސް އަންނަ އަހަރުގެ ދެވަނަ ކުއާޓާގައި ފެށޭނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

މަންތާ އެއާގެ ފުރަތަމަ ބޯޓު ގެނައުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ އެއާލައިންގެ ސީއީއޯ ހަލީލް ވިދާޅުވީ ޕައިލެޓުންނާއި ކުރޫއިން މިހާރުވެސް ތައްޔާރަށް ތިބިކަމަށެވެ. އަދި ސިވިލް އޭވިއޭޝަނުން ހުއްދަ ލިބުމާއެކު އޮޕަރޭޝަން ފަށާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މަންތާގެ ފުރަތަމަ ދަތުރުތައް ފަށަން ހަމަޖެހިފައިވަނީ ކުޑަހުވަދޫއިން މާލެއަށެވެ.