ޓެކްނޮލޮޖީ

ޖީމެއިލްގެ ޑާކް މޯޑް އައިފޯން އަދި އައިޕެޑަށް

މުހައްމަދު އައުޒަމް

ޖީމެއިލްގެ ޑާކްމޯޑް އައިފޯން އަދި އައިޕެޑް ބޭނުން ކުރާ މީހުންނަށް ދޫކޮށްފިއެވެ.

ގޫގުލްގެ ޖީމެއިލް ވާޝަން 6.0.200519 އެޕްސްޓޯއަށް އަޕްޑޭޓް ކޮށްފައިވާއިރު މިއަޕްޑޭޓްގައި ޖީމެއިލް ޑާކްމޯޑް ވަނީ ހިމަނައިފައެވެ. އަދި ލައިޓްމޯޑާއި ޑާކްމޯޑް އަށް ސްވިޗް ކުރެވޭނެ ކަމަށްވެސް ގޫގުލްއިން ބުނެއެވެ.

ގޫގުލް އިން ޖީމެއިލްގެ ޑާކްމޯޑް ފުރަތަމަ ތައާރަފުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ނަމަވެސް އައިއޯއެސް އަށް އަޕްޑޭޓް އައުން ވަނީ ލަސްވެފައެވެ.

ޖީމެއިލު ވަނީ އައިއޯއެސް އަށް އިތުރު ގިނަ ފީޗާ ތަކެއްވެސް ތައާރަފުކޮށްފައެވެ. މިހާރު ޖީމެއިލުން ސިރި ބޭނުންކޮށްގެން މެއިލް ކުރެވޭނެއެވެ. އަދި ޖީމެއިލަށް އައިއޯއެސް ފައިލް އެޕް މެދުވެރިކޮށް އީމެއިލަށް އެޓޭޗްމެންޓްތައްވެސް އެޑް ކުރެވޭނެއެވެ.