މިއަދު ހެނދުނު ކުޑަކުއްޖެއްގެ ގަޔަށް ސިމެންތި ބަސްތާއެއް ވެއްޓި އެކުއްޖާއަށް ބޮޑެތި އަނިޔާތަކެއް ވުމާ ގުޅިގެން، އިމާރާތް ކުރުމާ ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލުން ދެމުންދާ ހުއްދަތައް ދިނުން ވަގުތީ ގޮތުން މަޑުޖައްސާލައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ އޭގެ ސަބަބުން ކުންފުނިތަކަށް ދަތިތަކެއް ލިބުނު ކަމުގައިވީ ނަމަވެސް ލިބިގެން އެ ދިޔައީ ވަރަށް މުހިއްމު ސިގްނަލެއް ކަމަށެވެ.
"އެހެންނަމަވެސް ގަބޫލުކުރަން ވާނެ ހުރިހާ ރައްޔިތުންގެ ރައްކަލަކަށްޓަކައި ކަން ބައެއް ކަންކަން ސިޓީ ކައުންސިލުން ނިންމަންޏާ ނިންމަމުން ދާނީ،" ޝިފާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މާލޭގައި މަގުތަކުގައި ތަކެތި ބަހައްޓަމުން ދަނީ އެއްވެސް ކަހަލަ ހުދޫދެއް ނެތި ކަމަށެވެ.
އެހެންކަމުން އިމާރާތް ކުރުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން އިތުރަށް މަސައްކަތްކުރާނެ ގޮތްތައް ކަނޑައެޅުމަށް މިއަދު ސިޓީ ކައުންސިލުން ބައްދަލުކުރައްވާނެ ކަމަށް ޝިފާ ވިދާޅުވިއެވެ.