މިއަދު ހެނދުނު ދުވާރު މަތީން ހިނގާފައި ދިޔަ ނުވަ އަހަރުގެ ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި އެކުއްޖާއަށް ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާދެމުން އަންނަ އިރު، ސިމެންތި ބަސްތާ ވެއްޓުނު ސައިޓުގައި މަސައްކަތް ކުރަމުން ދިޔައީ އެކަމަށް ނަގަން ޖެހޭ ހުއްދަ ނުނަަގައި ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
އައިޖީއެމްއެޗްގައި މިހާރު ކުރިޔަށްދާ ނޫސްވެރީންގެ ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ސައިޓުގައި މަސައްކަތް ކުރި ކުންފުނީގައި އެކަމާ ގުޅޭ ހުއްދައެއް އޮތް ކަމަށާއި އެކަމަކު އެއީ އެހެން ކަމަކަށް ނަގާފައި އޮތް ހުއްދައެއް ކަމަށެވެ.
"މާލޭގައި މަސައްކަތް ކުރުމުގެ ކަންކަން ހަރުދަނާ ކުރުމަށް އަޅުގަނޑުމެން މި އައީ ހައުސިންއާ އެކު މަޝްވަރާވެސް ކުރަމުން. ސިޓީ ކައުންސިލުން ހުއްދަ ދޭ އިރު ވަރަށް ގިނަ ކަންކަމަށް ބަލާނެ." ޝިފާ ވިދާޅުވި އެވެ.
ޝިފާ އިތުރަށް ވިދާޅުވީ ޒަޚަމްވީ ހަތް އަހަރުގެ ކުއްޖެއް ކަމަށާއި އެއީ ބަނގްލަދޭޝް ކުއްޖެއް ކަމަށެވެ. އަދި ސައިޓުގައި މަސައްކަތް ކުރި ކުންފުނީގެ ފަރާތުން ކުއްޖާގެ ބޭސްފަރުވާގެ ކަންތަކުގައި އެހީވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ވެސް ޝިފާ ވިދާޅުވި އެވެ.