ފޯނުން ލައިވް ޓީވީ އަދި ވީޑިއޯ އޮން ޑިމާންޑްގެ ކޮންޓެންޓު ބެލޭ އެޕްލިކޭޝަނެއް ދިރާގުން ތައާރަފްކޮށްފި އެވެ.
"ދިރާގު ޕްލޭ" ގެ ނަމުގައި ދިރާގުން އަލަށް ތައާރަފު ކުރި މި އެޕްލިކޭޝަނަކީ އޮންލައިންކޮށް ޓީވީ އަދި މުނިފޫހިފިލުވުމުގެ ތަފާތު ކޮންޓެންޓް ސްޓްރީމް ކުރެވޭނެ އެޕްލިކޭޝަނެއް ކަމަށް ދިރާގުން ބުނެއެވެ.
އެގޮތުން މި އެޕްލިކޭޝަނުން ޕްރޮގުރާމްތައް ކުރީބައިގައި ރިކޯޑް ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ. އަދި ބޭނުންވާ ޕްރޮގުރާމެއް ހަނދާނެތިގެން ނުބެލޭގޮތް ވެއްޖެ ހާލަތެއްގައި އަލުން އެ ޕްރޮގުރާމެއް ބަލައިލެވޭނެ ފީޗާ މި އެޕްލިކޭޝަންގައި ހުންނާނެ ކަމަށް ދިރާގުން ބުނެއެވެ.
މީގެ އިތުރުން މި އެޕްލިކޭޝަންގައި ރީސްޓާޓް ފީޗާއެއް ހުންނާނެ ކަމަށާއި މި ފީޗާއާއެކު ލައިވް ޕްރޮގްރާމެއްގެ މެދުތެރެއިން ބަލަން ފެށިއްޖެ ހާލަތެއްގައިވެސް އަލުން އެ ޕްރޮގްރާމް ފަށައިގެން ބެލޭނެ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގު ޕްލޭއަކީ އެއް ފަހަރާ އެއް ޑިވައިސަށް ވުރެ ގިނަ ޑިވައިސް އިން އޭގެ ކޮންޓެންޓު ބެލޭނެ އެޕްލިކޭޝަނެއް ކަމަށް ދިރާގުން ބުނެއެވެ. އެގޮތުން އެއް އެކައުންޓުން އެއްފަހަރާ އެންމެ ގިނަވެގެން ތިން ޑިވައިސަކުން ލައިވް ޓީވީ އަދި ވީޑިއޯ ކޮންޓެންޓު ބެލޭނެ ކަމަށް ދިރާގުން ބުނެއެވެ.
މި އެޕްލިކޭޝަނުން ދިރާގު ވީޑިއޯ އޮންޑިމާންޑުގެ ކޮންޓެންޓުތައް ބެލޭނެ ކަމަށް ދިރާގުން ބުނެއެވެ. އަދި މި އެޕް މެދުވެރިކޮށް ޗެނަލްތަކުގެ ޕްރޮގްރާމް ގައިޑް ފަސޭހައިން ބަލައިލެވޭނެ ކަމަށްވެސް ދިރާގުން ބުނެއެވެ.
މި އެޕްލިކޭޝަން މިހާރު ހުޅުވާލާފައިވަނީ ހަމައެކަނި ދިރާގު މޯބައިލް ކަސްޓަމަރުންނަށް ކަމަށް ދިރާގުން ބުނެއެވެ. އަދި މި އެޕްލިކޭޝަންގެ އަލަށް ބޭނުން ކުރާ ކަސްޓަމަރުންނަށް އެއް މަސް ދުވަހުގެ ހިލޭ ސަބްސްކްރިޕްޝަނެއް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ. އަދި އެއީ މިމަހު 15ގެ ނިޔަލަށް ކަމަށް ދިރާގުން ބުނެއެވެ.
އެއަށްފަހު މި އެޕް ބޭނުންކުރާ ކަސްޓަމަރުން މަހަކު 30 ރުފިޔާ ދައްކައިގެން އެޕްލިކޭޝަން ބޭނުން ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ. އަދި 30 ރުފިޔާ ދައްކައިގެން އެކްޓިވޭޓް ކުރާ ޕެކޭޖަކީ 30 ދުވަހުގެ ޕެކޭޖެއް ކަމަށްވެސް ދިރާގުން ބުނެއެވެ.