އޮގަސްޓް މަހުގެ ނުވަވަނަ ދުވަހު ރިލީސް ކުރި ސެމްސަންގ ގެލެކްސީ ނޯޓް 9ގެ މުޅީން އާ ކުލަތަކެއް ތައާރަފް ކުރާނެކަން އިއުލާން ކޮށްފިއެވެ. މީގެ ތެރޭގައި މިފަހަރު އެތައް ބައެއް އިންތިޒާރު ކުރަމުންގެންދާ ކްލައުޑް ސިލްވަރ ކުލަ ވެސް ފާހަގަ ކުރެވެއެވެ.
އަންނަ ހަފްތާގައި ތައާރަފް ކުރަން ހަމަޖެހިފައިވާ މި ކުލަތަކުގެ ފޯނު ތަކުގައިވެސް ކުރިން ފެނިގެންދިޔަ ނޯޓް ސީރީސްގެ ފޯނުތަކުގައި ވެސް ހުންނަ ގޮތަށް ފޯނުގެ ފަހަތުގައި ބިއްލޫރިގަނޑެއް ވާނެއެވެ. މިކަމުގެ ސަބަބުން އަލަށް ތައާރަފްވާ ކުލަތަކުގެ ޝައިންކަން ފާހަގަ ކުރެވޭނެއެވެ. ކްލައުޑް ސިލްވަރ މޮޑެލްތަކުގައި މިފަހަރު ނެރޭ ކުލަތަކުގެ ފޯންތައް ކެރިއާ އަންލޮކް އަދި އަންލޮކްޑް ވާޝަންގެ އިތުރުން ސެމްސަންގ އޮންލައިނުން ވެސް އަންލޮކް ކުރެވޭނެއެވެ.
ސެމްސަންގ ގެލެކްސީ ނޯޓް 9ގެ GB128ގެ މިޑްނައިޓް ބޮލެކް މޮޑެލްގެ ފޯނުތައް ދުނިޔޭގެ ބާޒާރުގައި ހަލުވިކަމާއެކު ވިކެމުންދާއިރު މިފަހަރު ވަނީ GB512ގެ ފޯން ވެސް ތައާރަފް ކުރުމަށް ހަމަޖެހިފައެވެ. ނަމަވެސް 12 އޮކްޓޯބަރުގައި ތައާރަފްކުރާ މިފޯން ހަމައެކަނި ބޭނުންކުރެވޭނީ އެމެރިކާގައެވެ.
މިފަހަރު ކްލައުޑް ސިލްވަރ ގައިވެސް އެސް ޕެން ސްޓައިލްސް ހުންނާނީ އަޅި އަދި ކަޅުކުލައިގައެވެ.