ޓެކްނޮލޮޖީ

ދުނިޔޭގެ އެންމެ ސްޕީޑް ރަނގަޅު އިންޓަނެޓްގެ ރެކޯޑް އޮސްޓްރޭލިއާއަށް

މުހައްމަދު އައުޒަމް

2

ދުނިޔޭގެ އެންމެ ފާސްޓް އިންޓަނެޓްގެ ހިދުމަތް ލިބޭ ގައުމުގެ ރެކޯޑް އޮސްޓްރޭލިއާއިން ކާމިޔާބުކޮށްފިއެވެ.

އޮސްޓްރޭލިއާގެ ސައިންސުވެރިންގެ ޓީމަކުންވަނީ ބްރޯޑްބޭންޑް އިންޓަނެޓްގެ ސްޕީޑް ސިކުންތަކު 44.2 ޓެރަބައިޓް ޓެސްޓު ކޮށްފައެވެ. އެގައުމުގެ ސައިންސުވެރިންގެ ޓީމުން ވަނީ މި ސްޕީޑުގައި އެޗްޑީ ކޮލިޓީގެ 1000 ފިލްމު ސިކުންތަކަށްވުރެ އަވަހަށް ޑައުންލޯޑު ކުރެވޭނެކަމަށް ބުނެފައެވެ.

އޮސްޓްރޭލިއާގެ އެވްރެޖް ބްރޯޑްބޭންޑް ސްޕީޑަކީ ސިކުންތަކު 11 މެގަބައިޓް އެވެ. ސައިސްވެރިން އަލަށް މިހޯދި ސްޕީޑަކީ އެވްރެޖް ސްޕީޑަށްވުރެ 4 މިލިއަން ގުނަ ހަލުވި މިނެކެވެ.

ސައިންސްވެރިންގެ ޓީމުގެ އޮފިޝަލަކުވަނީ އެންމެ ފަހުގެ ހޯދުންތަކުން ފެނިގެން މިދިޔައީ މިހާރުގެ ވަސީލަތްތައް ކުރިއަރުވައިގެން އިތުރަށް އިންޓަނެޓްގެ ހިދުމަށް ކުރިއެރުވޭނެކަމުގެ ހެއްކެއްކަމަށް ބުނެފައެވެ.

އޮސްޓްރޭލިއާގެ ސައިންސުވެރިންގެ ޓީމަކުންވަނީ އަމިއްލަ ޑިވައިސެއް މިކަމަށް އުފައްދައި ޓެސްޓު ކޮށްފައެވެ. މި ޑިވައިސް ބޭނުންކޮށްގެން އޮސްޓްރޭލިއާގެ މެލްބަންގެ 1.8 މިލިއަން މީހުންނަށް އެއްވެސް ދަތިކަމެއް ނުފޯރައި، ބާރު ސްޕީޑުގެ އިންޓަނެޓް ފޯރުކޮށްދެވޭނެކަމަށް އެ ޓީމުން ބުނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟