ވިޔަފާރި

އޭޓީއެމް ޑިސްއިންފެކްޓު ކުރާ ގަޑިތަކަށް ކަސްޓަމަރުން ސަމާލުވުމަށް ބީއެމްއެލުން އެދިއްޖެ

މަރިޔަމް ޝަހުދާ

އޭޓީއެމްގެ ހިދުމަތް ހޯދަންދާ ކަސްޓަމަރުން އޭޓީއެމް ޑިސްއިންފެކްޓު ކުރާ ގަޑިތަކަށް ސަމާލު ވުމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން އެދިއްޖެއެވެ.

ބީއެމްއެލުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުގެ އޭޓީއެމްތައް ޑިސްއިންފެކްޓު ކުރުމަށް ވަކި ތާވަލެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ކޮންމެ އޭޓީއެމެއްވެސް ޑިސްއިންފެކްޓު ކުރުމަށް އެއް ގަޑިއިރަށް ބަންދު ކުރާނެ ކަމަށެވެ.

އޭޓީއެމްތައް ޑިސްއިންފެކްޓު ކުރާ ގަޑި ބީއެމްއެލްގެ ވެބްސައިޓު، https://www.bankofmaldives.com.mv/supporting-you-during-covid-19 އިން ފެންނާނެ ކަމަށް އެ ބޭންކުން ބުނެއެވެ.

ކޮވިޑް 19ގެ ސަބަބުން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވީނަމަވެސް، އޭޓީއެމްގެ ހިދުމަތްތައް ހުއްޓާލާފައެއް ނުވެއެވެ.