ލޮކްޑައުން އަށް ލުޔެއް ލިބުނުހާ އަވަހަށް ހއ. ދިއްދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ކުރިޔަށް ގެންދެވޭނެ ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިއްދޫގެ އިޖްތިމާއީ މަރުކަޒުގެ މަސައްކަތް ނިމި ވޮލީ އަދި ބާސްކެޓް ފަދަ ކުޅިވަރު ކުޅޭ ތަންތަނުގައި ކުޅިވަރު ކުޅޭތަން ފެނުމުން އުފާވާ ކަމަށެވެ.
ކޮވިޑް 19 އާ ގުޅިގެން ކުޅިވަރު ކުޅުން މަނާކޮށްފައި އޮތުމަށްފަހު އެޗްޕީއޭއިން ވަނީ މޮނިޓަރިންގައި ނެތް ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދީފައެވެ.
ކޮވިޑާއި ގުޅިގެން މާލެ ސަރަހައްދުގައި ކުޅިވަރު އަލުން ކުޅެވެން ފެށޭނެ ތާރީހެއް އަދި ނޭނގޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.