ރައްޔިތުންގެ މަޖިލިސް

މަޖިލިސް ޗުއްޓީ އަށް، ގާނޫނީ އަދަދު ހަމަނުވެގެން ރިޔާސީ ކޮމިޝަނުގެ ބިލަށް ވޯޓަކަށް ނޭހުނު

2

މިއަދަށް އެޖެންޑާ ކޮށްފައި އޮތް ރިޔާސީ ކޮމިޝަންތަކުގެ ބިލަށް ވޯޓަށް ނާހައި ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ހިނގައްޖެ އެވެ.

ކުރީންވެސް ބެލިފައި އޮތް ގޮތަށް ޕީޕީއެމްގެ މެންބަރުން މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިއެއް ނުގަންނަވަ އެވެ. އަދި ޖޭޕީގެ ބައެއް މެންބަރުން ވެސް މިއަދުގެ ޖަލްސާއަށް ވަޑައެއް ނުގަންނަވަ އެވެ.

މިއަދުގެ ޖަލްސާ ނިންމައިލި އިރު ހާޒިރުވެވަޑައިގެން ތިއްބެވީ 39 މެންބަރުންނެވެ. މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ރައްޔިތުން އެމައްޗަށް އަމަލުކުރާން ގާނޫނެއް ފާސްކުރުމަށް ވޯޓަށް އެހޭނީ މަދުވެގެން 43 މެންބަރުން ހާޒިރުވެވަޑައިގެން ތިއްބެވި ނަމަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟