އިބްރާހިމް ޒަކީ
މަސްވެރިކަމުގެ ދާއިރާއިން ކަންކަން ކުރަމުންދަނީ ރަނގަޅަށް ނޫން ކަމަށާއި، މަސްވެރިންނަށް އަޅާލާފައިނުވާކަން ފާހަގަ ކުރައްވައި، މާ ގިނަދުވަހެއް ނުވެ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި މަގާމުން ވަކިކުރާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ އިންޒާރު ދެއްވައިފިއެވެ.
މަސްވެރިކަމުގެ ގާނޫނުގައި ބުނެފައިވާ، ގަވާއިދުތައް ހައްދަވާފައިނުވާ މައްސަލައިގަ، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އަދާކުރައްވަން ޖެހިވަޑައިގަންނަވާ ޒިންމާތައް އަދާކުރައްވާފައި ނުވާ ކަމަށާއި، މިނިސްޓަރު ގާނޫނާ ހިލާފުވެ ވަޑައިގެންފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން ނިންމައި، މަޖިލީހަށް ހުށަހެޅި ރިޕޯޓަށް ކުރިއައްދިޔަ ބަހުސްގައި ރާއީ ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެންމެ ފުރަތަމަ ފާސްކުރި ގާނޫނަކީ މަސްވެރިކަމުގެ ގާނޫނު ކަމަށެވެ.
އެ ގާނޫނުގައިވާ ގަވާއިދުތަކާބެހޭގޮތުން މަޖިލީހުން، މިިސްޓަރާ ސުވާލު ކުރުމުން، ހަމަސްދުވަސް ދެއްވުމަށް މީގެ ކުރިން މިނިސްޓަރު އެދިވަޑައިގެންނެވި ނަމަވެސް، މިހާރު ލިބިފައިވާ ކޮމިޓީ ރިޕޯޓްގައި އެކަމައް ދެއަހަރުދުވަސް ނަގާނެ ކަަމައް ބަޔާންކޮށްފައިވާ ކަމައް ރާއީ ވިދާޅުވިއެވެ.
އެގޮތައް އެކަން ހަމަޖެހޭއިރު، ވެރިކަމައް ބާކީ އޮންނާނީ ތިން އަހަރު ކަމަށާއި މަޖިލީހައް އޮންނާނީ ހަތަރު އަހަރު ކަމަށްވިދާޅުވިއެވެ.
ރާއީ ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާއަކީ އެމްޑީޕީގެ ބޭފުޅަކައްވެފައި، މަޖިލިސް ރައީސްއަކީ އެމްޑީޕީގެ ރައީސައްވެފައި، މަޖިލީހުގެ 65 ގޮނޑި އެމްޑީޕީއައް ދީފައިވާއިރުވެސް، އެމްޑީޕީގެ މަސްވެރިކަމުގެ ސިޔާސަތު ކުރިއައް ނުގެންދެވުމަކީ ވަރައްބޮޑު ފެއިލްވުމެއް ކަމަށެވެ. އަދި މަސްވެރިންނައް އެއްވެސް އެހީއެއްް ނުވާރާ އެމީުންގެ ހާލުވެސް މިނިސްޓަރު ބައްލަވަމުން ނުގެންދަވާ ކަމައް ރާއީ ވިދާޅުވިއެވެ.
އެހެންކަމުން ފިޝަރީޒް މިނިސްޓަރު މިހާރުން މހާރައް ފިޝަރީޒް މިނިސްޓަރު މަގާމުން ވަކިކުރަންޖހޭ ކަމަށާއި، މިނިސްޓަރު މަގާމުން ވަކި ކުރައްވާނެ ކަމައް ރާއީ ވިދާޅުވިއެވެ.
ފިޝަރީޒް މިނިސްޓަރުގެ އިތުރުން، ވެރިކަންކުރާ ކޯލީޝަންގައި ހިމެނޭ، އެމްޑީޕީނޫން އެހެން ޕާޓީތަކުގެ ވަޒީރުންވެސް ވަކިކުރާނެ ކަމައް ރާއީ އިންޒާރު ދެއްވިއެވެ.
ރާއީ ވިދާޅުވީ، ކޯލީޝަންގެ ރަޖާ އަޅައިގެން ފިލައި ތިއްބެވި އެހެން ވަޒީރުންވެސް ސަރުކާރު ފެއިލްކޮއްލަން މަސައްކަތް ކުރާނަމަ އިތުބާރުނެތްކަމައް ވޯޓު ނަގައި ބޭރު ކުރާނެ ކަމަށެވެ. އަދި އެކަމައް ހުރިހާ މެންބަރުން ވޯޓު ދެއްވުމައްވެސް ރާއީ އެދިވަޑައިގެންނެވިއެވެ.