އިބްރާހިމް ޒަކީ
ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން، (އެންއައިސީ) އާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެންބަރުން މިހާރުން މިހާރަށް އެ ބޭފުޅުންގެ މަގާމުތަކުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއައް މިނިވަންމުއައްސަސާތަކާބެހޭ ކޮމިޝަނުން ހުށަހެޅި ރިޕޯޓައް ކުރިއައްގެންދިޔަ ބަހުސްގައި، ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ ވިދާޅުވީ، އެ ކޮމިޓީއައް ޖަވާބުދާރީ ނުވެފައިވާތީ، އެންޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ އިތުރުން، ސިވިލްސާވިސް ކޮމިޝަނާއި، ހިއުމަންރައިޓްސް ކޮމިޝަންގެ މެންބަރުންވެސް މިހާރުން މިހާރައް ވަކޮއް އެތަންތަން ނަޒާހަތްތެރި ތަންތަނައް ހަދަންޖެހޭ ކަމަށެވެ.
ޔައުގޫބު ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ކުރަމުން ގެންދާ ކަންތައްތަކައްް ހުރަސް އެޅުމަސް ސިވިލްސާވިސް ކޮމިޝަނުން މަސައްކަތް ކުރާ ކަމަށާއި، އެގޮތުން ސަރުކާރާއި ސިވިލްސާވަންޓުންނާ ޖެއްސުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުންދާ ކަމަށެވެ.
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވީ، ކޮމިޓީން ބޭނުންވާ މައުލޫމާތު ނުދިނުމަކީ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ކޮއްގެންވާނެ ކަމެއްނޫން ކަމަށާއި، މަޖިލީހުން އެކަމައް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޒިންމާއަކީވެސް އެ މުއައްސަސާތައް ޒިންމާދާރު ކުވުމުން ކަމަށާއި، އެ ކޮމިޝަންތައްް ޒިމާދާރު ކުވުމައް ވަގުތުން ވަގުތައް ފިޔަވަޅު ނާޅައިފިނަމަ ފަަހަރަކު މުއައްސަސާއެއް އިހުމާލުވަމުންދާތަން ފެނިގެންދާނެ ކަމައްވެސް އީސަ ވިދާޅުވިއެވެ.
އެ ކޮމިޝަންތަކުގެ މެންބަރުން ވަކި ކުރުމައް ގޮވާލައި މެންބަރުން ދެއްކެވި ވާހަކައައް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ތާއީދު ކުރެއްވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ އެކަމައްޓަކައި ކޮމިޓީން ކުރަމުންގެންދާ މަސައްކަތްތަކާބހޭ މައުލޫމާތު އޮޅުންފިލުއްވަމުން ގެންދަވާ ކަމަށެވެ.