ޓެކްނޮލޮޖީ

ޕީއެސް ފޭނުންނަށް އުފާވެރި ހަބަރެއް، ޕީއެސް 5 އަންނަ މަހު 4 ގައި ތައާރަފުކުރަނީ

މުހައްމަދު އައުޒަމް

ޕީއެސް 5 އަންނަ މަހު 4 ގައި ލޯންޗުކުރަން ނިންމައިފިއެވެ.

ސޮނީ އިންޓަރެކްޓިވް އެންޓަޓައިމަންޓް ގެ ރައީސް އަދި ސީއީއޯ ޖިމް ރޭއަން ވަނީ ޕީއެސް 5 އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ލޯންޗު ކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ.

ޖިމް ރޭއަން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ކޮވިޑްގެ ސަބަބުން ބޮޑެތި އިވެންޓުތައް ކެންސަލް ކުރިނަމަވެސް ޕްލޭސްޓޭޝަންގެ އާ ކޮންސޯލް ލޯންޗުކުރުުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިން އެތައް ހާސް ބައެއްގެ ކުރިމަތީގައި ބޮޑު ރަސްމިއްޔާތެއްގައި ޕީއެސް ލޯންޗުކޮށްފައި ވީނަމަވެސް މިފަހަރު އޮންލައިން ކޮށް މާ ފުރިހަމަކޮށް ޕީއެސް ލޯންޗު ކުރާނެ ކަމުގެ އުފާވެރި ހަބަރު ޖިމް ރޭއަން ވަނީ ދީފައެވެ.

އެތައް ބަޔަކު އިންތިޒާރު ކުރަމުން އަންނަ ޕީއެސް 5 އަކީ އެހެން ޕީއެސް ތަކާ ހިލާފު ތަފާތު ޕީއެސް އަކަށް ވާނެކަމަށް ޖިމް ރޭއަން ވަނީ ބުނެފައެވެ.

ޕީއެސް 4 އަކީވެސް ގޭމިން އިންޑަސްޓްރީއަށް އިންގިލާބެއް ގެނުވި ކޮންސޯލެކެވެ. ނަމަވެސް އޭގެ އެތައްގުނަ ކުރިއެރުންތަކާއެކު ޕީއެސް 5 ވެގެންދާނީ ގޭމިން އަށް މުޅީން އާ ކަންތައްތަކެއް ފެނިގެން ދާނެ ކޮންސޯލަކަށެވެ.

ސޮނީއިން ޕީއެސް 5 ގެ މާގިނަ މައުލޫމާތުތަކެއް އަދި ހާމަކޮށްފައި ނުވެއެވެ.