ޕްރިޔަންކާ ޗޯޕްރާ (ޕީސީ) އަދި ނިކް ޖޯނަސް ކައިވެނި ކުރީ ޖޯދްޕޫރުގެ އުމެއިދު ބަވަން ޕެލަސްގައި މިމަހު އެއްވަނަ ދުވަހާ ދެވަނަ ދުވަހުއެވެ.
ދެ ބައިވެރީންގެ ފަރާތުން ވަނީ ދިއްލީގައި ރިސެޕްޝަނެއްވެސް ބާއްވާފައެވެ. އަދި އަމްބާނީމެންގެ ކައިވެނި ހަފްލާގައި ބައިވެރި ވުމުގެ ކުރިން އޮމާންގައި ވަނީ ކުޑަ މިނީ މޫނެއްވެސް ހަދާފައެވެ.
ނިކް ވަނީ އަމްބާނީމެންގެ ކައިވެނި ހަފްލާގައި ބައިވެރި ވުމަށްފަހު އަނބުރާ މަސައްކަތަށް ފުރައިފައެވެ. ޕީސީ ހުރީ އިންޑިއާގައެވެ. ދެބައިވެރިންވެސް މަސައްކަތުގައި އެހާ އަވަހަށް ޝާމިލްވާން ފެށުމުން ފޭނުންގެ ސުވާލަކަށް ވަނީ އެ ދެބައިވެރިންގެ ހަނީމޫނު އޮތް ގޮތުގެ ވާހަކައެވެ. ދާ ތަނަކާ ދުވަހެއްގެ ސުވާލެވެ.
ޕީސީ އާއި ނިކް އަދި މި މަހު މުމްބާއީގައި ވެސް ދެ ރިސެޕްޝަން ބާއްވާނެއެވެ. މިމަހު 19 އަދި 20 ގައި ބާއްވާ މި ހަފްލާ ތަކަކީ ފިލްމީ ދާއިރާގެ ފަރާތްތަކަށާއި ވިޔަފާރީގެ ދާއިރާގެ ރައްޓެހިންނަށް ހާއްސަކޮށްގެން ބާއްވާ ދެ ހަފްލާއެވެ. މި ހަފްލާގައި ބައިވެރި ވުމަށް ނިކްގެ އާއިލާއިން ވެސް މިމަހުގެ 18 ވަނަ ދުވަހު މުމްބާއީ ދާނެއެވެ.
ކުރެވޭ ސުވާލު ތަކުގެ ވެސް ޖަވާބު މިހާރު މިވަނީ ލިބިފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ނިކް އަދި ޕީސީ ދަނީ ސުވިޒަލޭންޑަށެވެ. އާ އަހަރުފެ ފެށުން ފާހަގަ ކުރުމާ އެކު ދެ ބައިވެރިން އެ ގައުމުގައި މިމަހުގެ 28 އިން ޖެނުއަރީ 10 ވަންދެން ތިބޭނެއެވެ.
އެ ދަތުރުން އެނބުރި އައުމަށްފަހު ޕީސީ އަނެއްކާވެސް ނުކުންނާނީ ޝޫޓިން އަށެވެ. މިވަގުތު އޭނާ މަސައްކަތް ކުރަމުން ދަނީ ޝޯނަލް ބޯސްގެ "ދަ ސްކައި އިސް ޕިންކް" މި ފިލްމް ގައެވެ.