ވިޔަފާރި

އުރީދޫ ކަސްޓަމަރުންނަށް ފިތުރު އީދުގެ އުފަލުގައި ހާއްސަ އޮފާތަކެއް

މަރިޔަމް ޝަހުދާ

ފިތުރު އީދުގެ އުފާވެރި މުނާސަބަތުގައި އުރީދޫން އެކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަ އޮފާއެއް ތައާރަފު ކޮށްފިއެވެ.

އުރީދޫން މައުލޫމާތު ދިން ގޮތުގައި އީދުގެ އުފާވެރިކަން އާއިލާއާއި ރައްޓެހިންނާއި ހިއްސާކޮށްލުމަށް ތައާރަފު ކުރި މި އޮފާގެ ދަށުން އުރީދޫ ކަސްޓަމަރުންނަށް މަގޭ ޕްލޭން މެދުވެރިކޮށް 75 ރުފިޔާއަށް ތިން ދުވަހުގެ މުއްދަތަކަށް ތިން ޖީބީގެ ޑޭޓާ ގަނެވޭނެއެވެ.

މި އޮފާ މެދުވެރިކޮށް ގޭގައި ތިބެގެން، ދުރުގައިތިބި އާއިލާއާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހި ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް އުރީދޫން މައުލޫމާތު ދެއެވެ. އަދި މި ޑޭޓާ ޕެކޭޖު އެކްޓިވޭޓް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫ އެޕުން މި ޑޭޓާ ޕެކޭޖު އެކްޓިވޭޓު ކުރެވޭނެ ކަމަށް އުރީދޫން މައުލޫމާތު ދެއެވެ.

އެގޮތުން އުރީދޫ އެޕަށް ލޮގިންވެ، އެޕުގެ ސެލްފް ކެއާ ސެކްޝަނުން ރިކޮމެންޑެޑް ޕެކޭޖެސް ސެލެކްޓުކުރުމަށް ފަހު، ގެންގުޅޭ ނަންބަރަށް އެކްޓިވޭޓް ކުރުމަށް "ފޯ މައިސެލްފް" ޓެބަށް ފިއްތާލުމަށް އުރީދޫން އިރުޝާދު ދީފައި ވެއެވެ. މި ޕެކޭޖް އެހެން މީހަކަށް ހަދިޔާ ކުރާނަމަ "ގިފްޓް އަ ފްރެންޑް" އޮޕްޝަނަށް ފިއްތާލުމަށް އުރީދޫން އިރުޝާދު ދީފައި ވެއެވެ. އެއަށްފަހު "އީދް އެކްސްކްލޫސިވް" ޕެކްގައިވާ "+" ފާހަގަޔަށް ފިއްތާލައި، ކޮންފާމް ކުރުމަށްފަހު ފައިސާ ދެއްކުމުން ޕެކޭޖް އެކްޓިވޭޓް ވާނެ ކަމަށްވެސް އުރީދޫން މައުލޫމާތު ދެއެވެ.

މި އޮފާއަކީ އުރީދޫގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ޕެކޭޖެއް ކަމަށް އުރީދޫން މައުލޫމާތު ދެއެވެ. އަންގާރަ ދުވަހުގެ 23:59 ގެ ނިޔަލަށް އުރީދޫ އެޕުން މި ޕެކޭޖް ގަނެވޭނެ ކަމަށް އުރީދޫން މައުލޫމާތު ދެއެވެ.