މިންހާ ފާއިޒް ރަޝާދު
އިންޑިއާގައި ކޮވިޑް19 ފެތުރުން ހުއްޓުވަން އިއުލާނުކުރި ދުނިޔޭގެ އެންމެ ބޮޑު ލޮކްޑައުނުގެ ސަބަބުން ގާތްގަނޑަކަށް 54000 މީހުން މަރުން ސަލާމަތްކުރެވުނު ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.
މައިސަރުކާރުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުން އެގައުމު ލޮކްޑައުން ނުކުރި ނަމަ 14 ލައްކައާއި 29 ލައްކައާ ދެމެދު މީހުނަށް ބަލި ޖެހޭނެކަމަށް އަންދާޒާކޮށްފައި ވެއެވެ. އަދި 37،000 އާއި 78،000އާ ދެމެދުގެ އަދަދަކަށް މީހުން މަރުވެދާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.
އިންޑިއާ 1.3 ބިލިއަން މީހުނާއެކު ލޮކްޑައުން ކުރީ މާޗް 25ގައެވެ. މިވަގުތު އެގައުމު އޮތީ ލޮކްޑައުނުގެ ހަތަރުވަނަ ފޭހުގައެވެ.
އެގައުމުން އިއްޔެއާ ހަމަޔަށް 1.18ލައްކަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު 3500 އަށްވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.
އިއްޔެ ހެނދުނު އެގައުމުގެ ޔޫނިއަން ހެލްތު މިނިސްޓްރީން ބުނީ ބަލި ޖެހިފައިވާ 6000 އަށްވުރެ ގިނަ މީހުން 24 ގަޑިއިރު ފެނިފައިވާ ކަމަށާއި 140 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ. އިއްޔެ އެގައުމުގައި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި އިދިކޮޅު މައި ޕާޓީގެ ލީޑަރު ސަންޖޭ ޚާވެސް ހިމެނެއެވެ.
އިންޑިއާ ސަރުކާރުން ލަފާކުރާ ގޮތުގައި އެގައުމުގައި ކޮވިޑް19 ޕީކަށް އަރާނީ ޖޫން 21-28 އާދެމެދުއެވެ.