މުހައްމަދު އައުޒަމް
ޓުވީޓް ކުރުމަށްފަހު ވަކިބަޔަކަށް އެޓުވީޓަށް ރިޕްލައި ކުރެވޭގޮތް ހެދުމަށް ޓެސްޓުތައް ފަށައިފިއެވެ.
ޓުވިޓާއިން ޓެސްޓު ކުރަމުން އަންނަނީ ޓުވީޓް ކުރާ މީހާ ކަނޑައަޅާ ބަޔަކު އެމީހެއްގެ ޓުވީޓަށް ރިޕްލައިކޮށް އިތުރަށް ވާހަކަ ދެއްކޭނެ ސެޓިންއެއް ތައާރަފުކުރުމަށެވެ.
އަލަށް ޓުވިޓާއަށް އިތުރުކުރާ މި ސެޓިންގައި ޓުވީޓަށް ރިޕްލައިކުރުން ކޮންޓްރޯލު ކުރެވުނުނަމަވެސް މިހާރެކޭ އެއްގޮތަށް ޓުވީޓު ރީޓްވީޓު ކުރުމުގެ އިތުރުން ލައިކް ކުރުމާއި ރީޓުވީޓުން ކޮމެންޓް ކުރެވޭނެއެވެ.
ޓުވިޓާއިން މިއަހަރުގެ ޖެނުއަރީ މަހު ތައާރަފުކުރި މިސެޓިން ޓެސްޓު ކުރާއިރު މިކަމުގެ ސަބަބުން ގިނަ މައްސަލަތަކަކަށް ހައްލު ލިބިގެންދާނެކަމަށް ޓުވިޓާއިން ވަނީ ބުނެފައެވެ. ހާއްސަކޮށް އޮންލައިން ބުލީ ކުރުމާއި ވަކި އޯޑިއަންސަކަށް ނިސްބަތް ކުރާ ޓުވީޓުގެ ތެރެޔަށް އެހެން މީހުންގެ ފާޑުކިއުން ހުއްޓުވިގެންދާނެ ކަމަށްވެސް ޓުވިޓާއިން ވަނީ ބުނެފައެވެ.