އިބްރާހިމް ޒަކީ
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރުން މިހާރުން މިހާރަށް މަގާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ގޮވާލައިފިއެވެ.
ބައެއް މެންބަރުން މިކަމައް ގޮވާލާފައިވަނީ، ކޮވިޑް 19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް މަޖިލީހުން
ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ މައްސަލާގައި، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ހަވާލުކޮށްފައިވާ މަސައްކަތްތައް ދިރާސާކޮށް މިނިވަން މުއައްސަސާތަކުން ނިންމިގޮތުގެ ރިޕޯޓް މަޖިލީހައް ހުށަހަޅައި ކުރިއައްދިޔަ ބަހުސްގައެވެ.
މި ރިޕޯޓައް ކުރިއައްދިޔަ ބަހުސްގައި މެންބަރުން ވިދާޅުވީ، ސިއެސީން މަސައްކަތް ކޮށްފައިވާގޮތުން، ސިވިސްސާވަންޓުންގެ އެތައް ބައެއްގެ ވަޒީފާ ގެއްްލި އެތައްބަޔަކު އުސޫލާ ހިލާފުން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ސީއެސީގެ މެންބަރު ގަވާއިދާއި ގާނުނާ ހިލާފައް ކަންތައްތައް ކުރުމުގެ ސަބަބުން އެތައް ބަޔަކައް ގެއްލުން ލިބިފައިވާތީ، ސިވިލްސާވިސްގެ މެންބަރުން އެ ބޭފުޅުންގެ މަގާމުން ވަކިކުރަންޖެހޭ ކަމައް މެންބަރުން ވިދާޅުވިއެވެ.