އެސްޓީއޯ އިން ބިސް ކޭހާއި ފިޔާ ބަސްތާ ވިއްކާ އަގު ހެޔޮ ކޮށްފި އެވެ.
އެސްޓީއޯ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ ކުންފުނިން ބިސް ކޭސް ވިއްކާ އަގު 260 ރުފިޔާއިން 240 ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށެވެ. އަދި ކުރިން 255 ރުފިޔާއަށް ވިއްކަމުން އައި ފިޔާ ބަސްތާއެއް މިހާރު ވިއްކަނީ 175 ރުފިޔާއަށް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ކޮވިޑުގެ މި ހާލަތުގައި ވިޔަފާރިކުރުމަށް، ފުލުހުންގެ ހުއްދަ ލިބިފައިވާ މީހުންނަށް އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ އެސްޓީއޯގެ ވެއާހައުސްއަށް ގޮސް މި ތަކެތި ގަނެވޭނެ ކަމަށް އެ ކުންފުނީން ބުނެއެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރު ފަހު 15:00 އާއި ދެމެދު އޯޑަރުވެސް ނަގަމުން ގެންދާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.
ބިސް، ފިޔާ އަދި އަލުވި ފަދަ ތަކެތި ޑެލިވަރީ ކުރުމަށް ބޭނުންވާ މީހުން އެސްޓީއޯގެ ޑެލިވަރީ ނަންބަރު 7291123 އަދި 7291125 އަށް ގުޅައިގެން އޯޑަރު ދެވޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.