މިންހާ ފާއިޒް ރަޝާދު
އިސްރާއީލަށް ކަނޑައަޅުއްވާފައި ހުންނަ ޗައިނާގެ އެމްބެސެޑަރު، ޑޫ ވީ ގޭގައި މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
57 އަހަރު ޑޫ ވީ މަރުވީ ގުދުރަތީ ގޮތުންކަމަށް އިސްރާއީލުގެ މިނިސްޓްރީ އޮފް ޕޮރިން އެފެއާޒްގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.
ޑޫ މަރުވުމުގެ ހަފުތާއެއްކުރިން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްސް މައިކް ޕޮމްޕީއޯ ވަނީ ޖުރޭސިލަމްއަށް ވަޑައިގެން ކޮވިޑް19އާ ގުޅުވައި ޗައިނާއަށް ފާޑު ކިޔައިފަ އެވެ. އަދި އިސްރާއީލުގެ ލީޑަރުންނަށް ވަނީ ޗައިނާއާއެކު ކުރިޔަށްގެންދަން ނިންމާފައިވާ ބޮޑެތި މަޝްއޫތައް ކުރިޔަށް ނުގެންދިއުމަށްވެސް ގޮވާލައިފައެވެ.
މިމަރާ ގުޅިގެން އިސްރާއީލުގެ ޗައިނީޒް އެމްބަސީންނާއި ބެއިޖިންގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެއްވެސް ކޮމެންޓެއް އަދި ނުކުރެ އެވެ.
އެމްބެސެޑަރު ޑޫ އިސްރާއިލުގެ ޕޯސްޓިންއާ ހަވާލުވެވަޑައިގަތީ މިއަހަރު ފެބްރުއަރީގައެވެ. އެއީ ކޮވިޑް19 ދުނިޔޭގައި ފެތުރެންފެށި ފަހުންނެވެ. އިސްރާއީލަށް ފުރަތަމަ ވަޑައިގަތުމަށްފަގު ޑޫވަނީ 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރައްވައިފައެވެ.