ނިއު ނޯމަލްގައި އެހެން މީހުންގެ ފޯނުގައި އަތް ނުލުމަށް ޑރ. އިބްރާހީމް އަފްޒަލް ނަސޭހަތްތެރިވެވަޑައިގެންފިއެވެ.
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަމަށް ޖަވާބު ދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ ނިއު ނޯމަލްގައި އެމީހެއްގެ ފޯނު ގެންގުޅެންވާނީ އެމީހެއް ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ ފޯނަކީ އަހަރެމެން ވަރަށް ގިނައިން އަތްލާ އެއްޗެއް ކަމަށާއި އަދި ވަރަށް ގިނަ ފަހަރަށް ފޯނު ސާފުކުރުމަށް ހަނދާން ނެތޭކަމަށެވެ.
ފޯނު ރައްކާތެރި ގޮތެއްގައި ބޭނުން ކުރުމަށް ޑރ. އަފްޒަލް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ. އަދި ފޯނު ފަދަ ތަކެތި ކުޑަކުދިންނަށް ނުދިނުމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ. ޑރ. އަފްޒަލް ވިދާޅުވީ ވަރަށް ގިނަ ފަހަރަށް ގެންގުޅޭ ފޯނު ކުޑަކުދިންގެ އަތަށް ދެވޭ ކަމަށާއި ފޯނު ބާއްވާފައި އޮންނަ ތަނެއްގެ ގޮތުންވެސް ކުޑަކުދީން ފޯނު ނަގާ ކަމަށެވެ. އަދި މިކަން މި ގޮތަށް ނުކުރުމަށް ޑރ. އަފްޒަލް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.